ނަމާދުގަ އިމާމު މީހާއަށްވުރެން ކުރިން އަދި އިމާމު މީހާއާއެކު ޙަރަކާތް ކުރުން- އިޞްލާޙްކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނަމާދުގަ އިމާމު މީހާއަށްވުރެން ކުރިން އަދި އިމާމު މީހާއާއެކު ޙަރަކާތް ކުރުން- އިޞްލާޙްކުރަންޖެހޭ ކަމެއް!

ޖަމާޢަތުގައި ނަމާދުކުރާއިރު ބައެއް މީހުން އިމާމްމީހާ ތަކްބީރުކިޔާއިރަށް ޙަރަކާތް ކުރެއެވެ. އަވަސްކުރަން އުޅެން ހަދައިގެން އިމާމްމީހާއަށްވުރެ ކުރިން ރުކޫޢު، ސުޖޫދު ކުރެވޭ މީހުންވެސް އުޅެއެވެ. މިއީ މިކަން ކުރަން އޮތްގޮތެއް ނޫނެވެ.

ސުވާލު:. މިހާރަކަށް އައިސް އިމާމު މީހާއަށްވުރެން ކުރިން އަދި އިމާމު މީހާއާއެކު މައުމޫމު މީހާ އެއްރުކުނުން އަނެއް ރުކުނަށް ނަކަލްކުރާތަންއެބަފެނެއެވެ. މިއީ ރަނގަޅު ގޮތްތޯ؟

ޖަވާބު:. އާދެ! رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ޙަދީޘް ކުރައްވާފައިވަނީ އިމާމު މީހާ ލެވިފައިވަނީ އޭނާއަށް ތަބަޢަވުމަށޭ. މާނައަކީ އޭނާ ފޮލޯ ކުރާށޭ އޭނާ ލެވިފައިވަނީ، އެހެންވީމާ އިމާމު މީހާ ރުކުޢަށް ދިޔައިމާ އޭގެ ފަހުން މަޢުމޫމުން ރުކުޢުއަށް ދާންވާނީ، އިމާމު މީހާމީހާ ރުކުޢުން ތެދުވީމާ، އޭގެ ފަހުންމައުމޫމުން ރުކުޢުން ތެދުވަންވާނީ. މާނައަކީ އިމާމާއަށްވުރެ ކުރިން އެއްވެސް ޙަރަކާތެއް ކޮށްގެނެއް ނުވާނެއޭ. ކޮންމެ ޙަރަކާތެއްވެސް ކުރަންވާނީ އިމާމުމީހާގެ ފަހަތުންނޭ.

-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން