ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގައި ދުޢާކުރާއިރުވެސް ފުރަތަމަ ކަމަކަށް ތިމާއާއި މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެއަށްފަހު އެމީހަކަށް ބޭނުންބޮޑުވެފައިވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރާށެވެ.
މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހުކުރުދުވަހުގައި އެވަޤުތެއްގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެ ވަގުތެއް ވެއެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެވަގުތުކޮޅު ހިމެނިގެންވަނީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ.
މިއަދަކީ ރަމަޟާން މަހުގެ ދުވަހެކެވެ. ރަމަޟާންމަހެއްގެ ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ
ވީމާ މިއަދުވެސް އަދި ރަމަޟާން މަހުން ފުރުޞަތު ލިބޭ ކޮންމެ ހުކުރު ދުވަހަކުވެސް މި ދެ ވަގުތުވެސް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންގެ ޙައްޤެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން