ރޯދައަށް ހުންނައިރު އަބަދުވެސް ޛިކުރްކުރުންމަތީގައި ހުންނަން މަސައްކަތްކުރާށެވެ! އެކަން އެކުވެރިންނާއި ޢާއިލާގެ މީހުންނަށް ހަނދާންވެސް ކޮށްދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ރޯދައަށް ހުންނައިރު އަބަދުވެސް ޛިކުރްކުރުންމަތީގައި ހުންނަން މަސައްކަތްކުރާށެވެ! އެކަން އެކުވެރިންނާއި ޢާއިލާގެ މީހުންނަށް ހަނދާންވެސް ކޮށްދޭށެވެ!

އަބަދުވެސް ތިބެންވީ އެމީހަކަށް ވެވުނުވަރަކުން ޛިކުރުކުރުންމަތީގައެވެ. ޚާއްޞަކޮށް ރޯދައަށް ތިބާ ވަގުތުތަކުގައި ޛިކުރުކުރުން ގިނަކުރަންވާނެއެވެ! ޛިކުރު ކުރުމަކީ އެންމެ ފަސޭހަ، އެންމެ ޘަވާބު ބޮޑު އެއް އަޅުކަމެވެ.

ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތުގައި ނުވަތަ މުސައްލަމަތީގައި އިނދެގެން ކުރަން އޮތްކަމެއް ނޫނެވެ. ނުވަތަ ތަސްބީޙްފަތްޗެއް ހިފައިހުރެ ގުނަމުން ކުރަން އޮތް ކަމެއް ނޫނެވެ. ތިބާ ޛިކުރުކުރިވަރަކަށް މަލާއިކަތުން ތިބާގެ ފަތުގައި ލިޔުއްވަވަތެވެ. ވީމާ ޢަދަދުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ.

އެމީހަކު ކުރަންޖެހޭ މަސައްކަތެއް ކުރަމުންވެސް ޛިކުރުކުރެވޭނެއެވެ. ބަދިގޭގައި ކައްކަމުންވެސް ގޭތެރެ ސާފުކުރަމުންވެސް ޛިކުރުކުރެވޭނެއެވެ. އޮތީ ހިތްވަރުލައި ވީހާގިނައިން ޛިކުރުކުރަން މަސައްކަތްކުރުމެވެ.

الله ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑު، ދޫމައްޗަށް ލުއި، ތިލަފަތުގައި ބަރު ދެކަލިމަ-

سُبْحَانَ الله وَبِحَمْدِهِ

سُبْحَان الله الْعَلِيْمِ                      

(މާނައީ: މާތް الله އެއިލާހަށް ޙަމްދު ލިބިވޮޑިގެން ވުމާއެކު ހުސްޠާހިރު ވަންތަވެވޮޑިގެން ވެއެވެ. މަތިވެރިވެވޮޑިގެންވާ މާތް الله ހުސް ޠާހިރުވަންތަވެވޮޑިގެންވެއެވެ.

الله އަށް އެންމެ ލޮބުވެތިކަންބޮޑު 4 ކަލިމަ:

سُبْحَانَ الله - (الله ގެ ހުސްޠާހިރުވަންތަ ކަމާއެވެ.) 

الحَمْدُ لِلَّهِ - (ހުރިހާ ޙަމްދު ތަޢުރީފާ ޘަނާ

މިލްކުވެގެންވަނީ الله އަށެވެ.)

لاَإِلَهَ إِلَّا اللهُ - (الله ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.)

اللهُ أَكْبَرُ - (އެންމެ މަތިވެރިވަންތައީ ، އެންމެ ބޮޑުވެގެންވަނީ الله އެވެ.)

رواه مسلم  2137

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން