މަރުޙަބާ ރަމަޟާން: ހޮސްޕިޓަލުގަ ބަލި އެނދެއްގަ އޮންނަޖެހުނަސް ޤުރްއާން ކިޔަވާތި!: ޑރ. އާދަމަ ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
މަރުޙަބާ ރަމަޟާން: ހޮސްޕިޓަލުގަ ބަލި އެނދެއްގަ އޮންނަޖެހުނަސް ޤުރްއާން ކިޔަވާތި!: ޑރ. އާދަމަ ޝަމީމް

ލޮބުވެތި މުސްލިމު އަޚުން. ބަރަކާތްތެރި ރަމްޟާންމަހަށް އަޅުގަނޑުމެން އިސްތިޤްބާލް ކުރާއިރު ހަނދާންކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް. ގިނަގިނައިން ކީރިތި ޤުރުއާނުގެ ތިލާވަތު ކުރުން. އެހެނީ ކީރިތި ޤުރުއާނާ ރަމްޟާންމަހާ ވަނީ ގުޅި ލާމެހިފަ . 

"މިމާތް ފޮތް މި މަތިވެރި ފޮތް ހިދާޔަތާ ތެދުމަގުގެ ފޮތް ހައްޤާއި ބާޠިލް ވަކިކޮށްދޭ ފޮތް އެ ފޮތެއްގެ ކުރިމަތިންނާއި ފުރަގަހުންނާއި ކަނާތުންނާ ވާއަތުން އެއްވެސް ފަރާތަކުން ބާޠިލެއް އަޔަސް މުޤާބިލާ ނުކުރެވޭނެ ރައްދު ނުކުރެވޭނެ ފޮތް، ދުނިޔެއާ އާޚިރަތުގެ ބާއްޖަވެރިކަން އެފޮތެއްގައި ލެއްވިފައިވާ ފޮތް. ދެމިގެންވާ ދިރިހުރި މުޢުޖިޒާތެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފަމިވާ ފޮތް މި ފޮތުގެ ކިޔަވާ ކޮންމެ އަކުރަކަށް ﷲ ތަބާރަކަ ވަތަޢާލާ 10 ސަވާބު އަޅުގަނޑުމެންނަށް ދެއްވާ. ﷲއަކްބަރު ރަމްޟާންމަހުގަ އަބަދު އަބަދު 12 ގަޑިއިރު 24 ގަޑިއިރު މިސްކިތުގަ ނީނދެވޭނެ ޤުރުއާން ކިޔަވާކަށް. އެހެންނަމަވެސް ޤުރުއާން ކިޔެވުން އާދަކުރައްވާ.  

ތިބާ ކުރާ މަސައްކަތުގަ ތިބާގެ އޮފީހުގަ ތިބާ ހިނގާއިރު ތިބާ ދުއްވާއިރު ތިބާ މަސެއްކަތްކުރާއިރުގަ ތިބާ ހޮސްޕިޓަލުގަ އޮންނައިރު ބަލި އެނދުމަތީގަ ޤުރުއާންކިޔަވާ. ޤުރުއާން ކިޔަވާކަށް ވަކި ތަނެއް ނޯވޭ. ވުޟޫނެތަސް ޤުރުއާން ކިޔެވޭ. ޙަތިމުގަ އަތްލަންވީމަ ވުޟޫކުރާނީ. ޙައިޟު ވެރިންނަށްވެސް ޤުރުއާންކިޔެވޭ. ޙަތިމުގަ އަތްލުން މަނަލީ. އަޅުގަނޑުމެންގެ އަތުގަ މިއަދު އުޒުރެއް ނެތެއްނޫންތޯ. އަޅުގަނޑުމެންނަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލަ ދެއްވައިފި ސައިންސް ޓެކްނޮލޮޖީ. އިލެކްޓްރޯނިކް ޑިވައިސް ބޭނުންކޮށްގެން ކިޔެވުމަކީ ހުއްދަކަމެއް. ވަރަށް ގިނަ ޢިލްމުވެރިންގެ ފަތުވާތައް އެބައޮތް.  

އެހެންވީމަ ޤުރުއާން ގިނަގިނައިން ވިދާޅުވުމަށް އާދަކުރައްވަ. އަޅުގަނޑުމެންގެ އިސްވެދިޔަ ސަލަފުންގެ ހާލަތަށް ބައްލަވާ. ޖިބްރީލް އަލައިހިއް ސަލާމް ޤުރުއާން އެބޭފުޅެއްގެ ހިއްޕުޅަށް ބާއްވާލެއްވި މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނު ދުވަހަކުވެސް ޤުރުއާން ހަނދުމަފުޅު ނުނެތޭނެ. އެހެން ނަމަވެސް ރަމަޟާންމަހުގަ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޒިޔާރަތްކުރައްވާ އެކަލޭގެފާނާ ބައްދަލު ކުރައްވަ އެކަލޭގެފާނުގެ އަރިހުގައި އިންނަވާ ވަގުތު އިތުރުކުރައްވާ. އަދި ރަމަޟާންމަހުގަ ޤުރުއާން މުދާރިސާ ކުރައްވާ. ޖިބްރީލް ވިދާޅުވޭ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޑުއައްސަވާ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވަނީ. ޖިބްރީލް ޢަލައިހިއް ސަލާމް އަޑުއައްސަވަނީ. ﷲއަކްބަރ  މުދާރަސާ ކުރައްވާ. އަޞްޙާބް ބޭކަލުން 3 ދުވަހުން ހަތިމްކުރައްވާ ބޭކަލުން އުޅުއްވި. 7 ދުވަހުން 3 ދުވަހުން ޙަތިމް ކުރައްވާ ބޭކަލިން. 

ފަހުދިހައެއް އައުމުން، އެއީ ހާއްސަ ހާލަތެއް އެހެންނޫންތޯ ފަހުދިހައެއްގަ ހައްސަ ހާލަތެއް. އެހެންވެ ފަހުދިހައެއްގަ އސްޙާބު ބޭކަލުން އިސްވެދިޔަ ސަލަފުން ތާބިއީން ތާބިއީންގެ ޞާލިހުން އެންމެ ރެއަކުން 24 ގަޑިއިރުން ރެއަކާދުވާލުން ޙަތިމެއް ކުރައްވާ ބޭކަލުން އުޅުއްވާ. ސަބަބަކީ ލައިލަތުލް ޤަދްރިވިލޭރޭ ލިބޭތޯ. އެ ބާއްޖަވެރިކަން ލިބުންއެދި އެބޭކަލުން ބުރަ މަސައްކަތް ކުރެއްވެވީ. 

- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން

 

 

މިއަދު އޮންލައިން