ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 1 ކިޔުންތެރިއަކަށް މައިލޯ ޕެކެޓް ކޭހެއް ލިބޭ މިއަދުގެ ސުވާލު: މާލޭ އިސްލާމީ މަރުކަޒު ހުޅުވުނީ ކޮން އަހަރަކު؟
އެހީ: ބޭރުގެ ގިނަ ޤައުމުތަކެއްގެ ދީލަތި އެހީތެރިކަމާއިއެކު މާލޭގައި ބިނާކުރެވިފައިވާ އިސްލާމީ މަރުކަޒު ހުޅުވުނީ 1984 ވަނަ އަހަރު އެވެ. އިސްލާމީ މަރުކަޒު ބިނާކުރަން އެހީތެރިވެދިން ޤައުމުތަކުގެ ތެރޭގައި ސަޢުދިޢަރަބިޔާ، ޔޫއޭއީ، ބުރުނާއީ، ޕާކިސްތާން، މެލޭސިޔާ، ކުވައިތު، މިޞުރު ހިމެނެއެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 1 ކޭސް މައިލޯ ޕެކެޓް (ތައްޔާރީ ބުއިން) ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.