ކުޅިވަރު ކުޅުމަށާ ކޮފީއަށްދާން ހަނދާންކޮށްދޭފަދައިން ހެޔޮ ޢަމަލުކުރަންވެސް ހަނދާންކޮށްދޭށެވެ! ކުރާފައިދާ މާބޮޑުވާނީ އެކަމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުޅިވަރު ކުޅުމަށާ ކޮފީއަށްދާން ހަނދާންކޮށްދޭފަދައިން ހެޔޮ ޢަމަލުކުރަންވެސް ހަނދާންކޮށްދޭށެވެ! ކުރާފައިދާ މާބޮޑުވާނީ އެކަމުންނެވެ!

ތިމާއަށްވެސް ފައިދާހުރި ގޮތުގައި އެކުވެރިޔާއަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ ހެޔޮ އަމަލެއް ކުރަން ހަނދާންކޮށްދިނުމެވެ. އޭނާ އެކަން ކޮށްފިނަމަ އޭނާއަށް ސަވާބު ލިބޭނެއެވެ. އޭނާ ކުރި ނަމަވެސް އަދި ނުކުރި ނަމަވެސް ހަނދާންކޮށްދިން މިހާއަށް ސަވާބު ދެއްވަވާނެތީއެވެ. އިން ޝާ ﷲ

ދުނިޔޭގައި ހޭދަކުރަން ފުރުޞަތު މިލިބޭ މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. އެގޮތުން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވޭނެ އެއްކަމަކީ އެމީހާގެ ގާތް މީހުންނަށް ހެޔޮ އަމަލުތައް ކުރަން ހަނދާންކޮށްދިނުމެވެ. އެހެނީ މީހެއްގެ ސަބަބުން މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ކުރި މީހާގެ ސަވާބުން އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތި ހަނދާންކޮށްދިން މީހާއަށްވެސް ސަވާބު ދެއްވަވާނެތީއެވެ.

މިހާރަކަށް އައިސް މުވާސަލާތީ ގުޅުންތައް ފަސޭހަވުމުން ގިނަ ބައަކު އެންމެ ގިނައިން ކުރާ ކަމަކީ ކޮފީތަކަށާއި ކެއުންތަކަށް ދައުވަތު ދިނުމެވެ. އެކަންކަމަށް ދައުވަތު ދޭ އުޞޫލުން ހެޔޮ އަމަލުތައް ކުރަންވެސް ދަޢުވަތުދޭށެވެ. އެކަމުން އެކުވެރިޔާއަށާއި ތިބާއަށް ކުރާ ފައިދާ މާބޮޑުވާނެއެވެ.

ދައުވަތުދޭންވީ ސީރީޒް ބަލާށާއި ގޭމްކުޅޭކަށް ނޫނެވެ. ދަޢްވަތުދޭންވީ ދީނީ ދަރުސްތައް އަޑުއަހާށެވެ. ފައިދާކުރާނީ އެފަދަ ކަންކަމުންނެވެ. އެއިރުން ލިބޭނެ ފައިދާ މާބޮޑުވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން