ޖަމާޢަތުގެ ނަމާދު ލިބޭނީ ނަމާދުގެ ކިހާ މިންވަރެއް ޙާޞިލުވުމުން ހެއްޔެވެ؟- ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް ގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޖަމާޢަތުގެ ނަމާދު ލިބޭނީ ނަމާދުގެ ކިހާ މިންވަރެއް ޙާޞިލުވުމުން ހެއްޔެވެ؟- ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް ގެ ޖަވާބު

ޖަމާޢަތުގެ ނަމާދު ލިބޭނީ ނަމާދުގެ ކިހާ މިންވަރެއް ޙާޞިލުވުމުން ހެއްޔެވެ؟ 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިން، ޖަމާޢަތުގެ ނަމާދު ލިބުނުކަމަށްވާނީ ރަކުޢަތެއް ލިބުމުންނެވެ. 

((مَنْ أَدْرَكَ رَكْعَةً مِنَ الصَّلاَةِ، فَقَدْ أَدْرَكَ الصَّلاَةَ)) [رواه البخاري]

މާނައީ: "(ޖަމާޢަތުގެ) ނަމާދުން ރަކުޢަތެއް ލިބިއްޖެމީހާ ދަންނައެވެ. ފަހެ، އޭނާއަށް (ޖަމާޢަތުގެ) ނަމާދު ލިބިއްޖެއެވެ." 

ފަހެ، ނަމާދުގެ އެންމެ ފަހު ރަކުޢަތް ފާއިތުވެއްޖެމީހާއަށް ނަމާދުގެ ޖަމާޢަތުގެ މާތްކަން ފާއިތުވާނެއެވެ. ޢުޛުރުވެރިވާ ޙާލަތުގައި މެނުވީއެވެ. އެއީ މިސާލަކަށް ނަމާދަށް ދިޔުމުގެ ޝައުޤުވާޙާލުގައިވެސް ބައްޔެއްގެ ސަބަބުން ނަމާދަށް ނުދެވުން ނުވަތަ މަގުމަތީގައި ކަމެއް ދިމާވެގެން ނަމާދަށް ނުދެވުން ނުވަތަ ޤަޟާޙާޖަތެއްގެ ސަބަބުން ނަމާދަށް ނުދެވުންފަދަ ކަންކަމެވެ. ފަހެ، އެފަދަ މީހަކަށް ނަމާދުގެ ޖަމާޢަތުގެ މާތްކަން ޙާޞިލުވާނެއެވެ. އެހެނީ އެއީ ޢުޛުރުވެރިއެކެވެ. ޖަމާޢަތް ފާއިތުވިޔަސް އޭނާއަށް އެކަމުގެ މާތްކަން ޙާޞިލުވާނެއެވެ. އެއީ ޞައްޙަ ޙަދީޘެއްގައި އައިސްފައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

((إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا)) [رواه البخاري]

މާނައީ: "އަޅާ ބަލިވުމުން ނުވަތަ ދަތުރުކުރުމުން، އޭނާ ރަށުގައި ޤާއިމުވެ ހުރިއިރު، ހެޔޮ ޙާލުގައި ހުރިއިރު ކުރަމުންދިޔަ (ހެޔޮ) ޢަމަލުތައް އޭނާއަށް ލިޔެވިގެންދެއެވެ." 

އެބަހީ: ދަތުރުކުރުމެއް ނުވަތަ ބަލިމަޑުކަމެއް ނުވާނަމަ ހެޔޮ ޢަމަލުކުރުމަށް އޮތް ނިޔަތުގެ ސަބަބުންނެވެ

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ސަމާޙަތުއް ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله 

 

 

މިއަދު އޮންލައިން