ހުތްމަސްކާށި:
ބޭނުންވާ ތަކެތި:
1 ޅަ ކާށި
2 ގަނޑު ހަރުމަސް
2 ލޮނުމެދު
1 ފިޔާ (ކޮށާލާފަ)
1 ލުނބޯ
ހިކަނދިފަތް
ހިކިމިރުސް (ރަހަ ލާވަރަށް)
އަސޭމިރުސް (ރަހަ ލާވަރަށް)
ދިރި (ރަހަ ލާވަރަށް)
ލޮނު (ރަހަ ލާވަރަށް)
ތައްޔާރު ކުރާނެ ގޮތް:
ހިކިމިރުސް، އަސޭމިރުސް، ދިރި މި ތަކެތި ހުންނަންވާނީ އަވިން މުރަނަ ކޮށްލާފައެވެ. ކާށި ކޮޅާއި މަސްކޮޅު ކޮށާލާފައި މިކްސަރަށް އަޅާލާށެވެ. އަދި މުރަނަކޮށްފައި ހުރި ހިކިމިރުސް، ދިރި، އަސޭމިރުސް ވެސް އެއްކޮށްލާށެވެ. އަދި ފިޔާ، ލޮނުމެދު، ހިކަނދިފަތް ވެސް އެއްކޮށްލާފައި މިކްސަރުން މުގުރާލާށެވެ. މުގުރާލަންވާނީ އެހާ ހިމުން ނުވާ ވަރަށެވެ. މުގުރާލި ބައި ތަށްޓަކަށް އަޅާލާށެވެ. ލުނބޯހުތް އަދި ރަހަ ލާވަރަށް ލޮނު ކޮޅެއް ލައިގެން މޮޑެލާށެވެ.
(ކުރީގަ ދިވެހިން ހުތްމަސްކާށި ކައި އުޅުނީ ލޮނުހުނިބަތްޕެނާ އެކީގައެވެ. ބަތްޕެނުގެ ތެރެއަށް ހުތްމަސްކާށި އަޅައިގެން ވަރަށް މީރުވާނެ ކަމަށް ދުވަސްވީ މީހުން ބުނެއުޅޭއެވެ. އެހެންނަމަވެސް، ހުތްމަސްކާއްޓަކީ ރޮށްޓާއެކު ކާލަން ހަމަ ވަރަށް ކަމުދާނެ ކެއުމަކަށްވާނެއެވެ. އިން ޝާ ﷲ)
--ސިއުޒާ