ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 1 ކިޔުންތެރިއަކަށް މައިލޯ ޕެކެޓް ކޭހެއް ލިބޭ މިއަދުގެ ސުވާލު: ކެއުމުގެ ކުރިންވެސް އެއްޗެއް ބުއިމުގެ ކުރިންވެސް ފުރަތަމަ ކުރަން އޮތީ ކޮންކަމެއް؟
އެހީ: ކިތަންމެ އަވަސްކުރަން ބޭނުންވިނަމަވެސް ކިތަންމެ ކުޑަ އެއްޗެއްނަމަވެސް ކެއުމުގެ ކުރިންވެސް އަދި އެއްޗެއް ބުއިމުގެ ކުރިންވެސް ކުރަން އޮތް ފުރަތަމަ ކަމަކީ ބިސްމިﷲ ކިޔުމެވެ. ނޫންނަމަ އެއިން ޝައިޠޯނާ ކައިބޮއިހަދާނެއެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 1 ކޭސް މައިލޯ ޕެކެޓް (ތައްޔާރީ ބުއިން) ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.