ރޯދައަށް ހުރެ ހުވަނދުން ވަސްބެލުން ހުއްދަ- އެކަމަކު މައްސަލައެއްވެސް އެބައޮތް!: ޑރ. ޒާކިރަ ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރޯދައަށް ހުރެ ހުވަނދުން ވަސްބެލުން ހުއްދަ- އެކަމަކު މައްސަލައެއްވެސް އެބައޮތް!: ޑރ. ޒާކިރަ ނައިކް

ރޯދައަށް ހުންނަ މީހާ ހުވަނދުލުމާއި ވަސްބެލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައެއް ނުކުންނަ ކަމެއް އެބައޮތެވެ. އެއީ މިހާރަކަށް އައިސް ދުން އަރުވައިގެންވެސް އެބަ މީރުވަސްދުއްވައެވެ. އެދުންތައް ހަށިގަނޑުގެ އެތެރެއަށް އެތެރެވުމަކީ މައްސަލައެއް ކަމަށް ޢިލްމުވެރިން ފާހަގަކުރައްވައެވެ. 

ޢިލްމްވެރިން ކަންބޮޑުވެލައްވާ މިބާވަތުގެ ކަންކަން ރަނގަޅީ ނުކުރުމެވެ. މިހެން ބުނުމުން ކައްކަން ބަދިގޭގައި އުޅޭއިރު ދުން އަރާނެ ކަމަށާއި އެދުންތައް އެތެރެއަށްދާނެ ކަމަށް ބުނެފާނެއެވެ. 

ވިސްނައިލާށެވެ! ދުމުގެ އަސަރު ނުފޯރާނެ ގޮތަކަށް ނުކެއްކޭނެއެވެ. ނުކައްކާނަމަ ކެވޭނެ ގޮތެއް ނެތެވެ. ވީމާ ރޯދައަށް ތިބެ ނަމަވެސް ކެއްކުމަކީ ކުރަން މަޖުބޫރުވާ ކަމެކެވެ. އެހެން ނަމަވެސް ދުން އަރުވައިގެން މީރުވަސް ދުއްވުމަކީ ރޯދައަށް ހުރެ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫނެވެ. ދިރިއުޅޭ ތަނުގައި ނުވަތަ އޮފީހުގައިވިޔަސް މީރުވަސް ދުއްވާނެ އެހެން ގޮތްތައް އެބަހުއްޓެވެ. 

- މަޢުލޫމާތު: ޑރ. ޒާކިރް ނައިކްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން