ކިތަންމެ ތަޤްވާވެރި ނަމަވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރެވޭ އެކަކުވެސް ނުހުންނާނެ! ކޮންމެ ދުވަހަކު މިކަންކަމަށް ވިސްނަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކިތަންމެ ތަޤްވާވެރި ނަމަވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރެވޭ އެކަކުވެސް ނުހުންނާނެ! ކޮންމެ ދުވަހަކު މިކަންކަމަށް ވިސްނަންޖެހޭނެ!: މުފްތީ މެންކް

މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބައަކު ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން އަޅުކަންކުރަން މަސައްކަތްކުރެއެވެ. އަދި ކޮންމެ ދުވަހަކުވެސް އެދުވަހަކު ކުރެވުނު މަސައްކަތްތަކުގެ ހިސާބުވެސްކުރެއެވެ. އެކަމަށް ހިތްހަމަޖެހުންވެސް ލިބިގަނެއެވެ.

އެހެނަސް އެވަރަކުން ނުފުދޭނެއެވެ. އެދުވަހަކު ޝައިޠޯނާ ތިމާ ލައްވައި ކުރުވި ނުބައިކަންކަންވެސް ހިސާބުކުރަންވާނެއެވެ. އެކަންކަމަށް ވިސްނައި ފިކުރުކުރަންވާނެއެވެ. ތައުބާވާންވާނެއެވެ. އެފަދަ ފާފައެއް ދެން ނުކުރަން ޢަޒުމް ކަނޑައަޅަންވާނެއެވެ.

ކިތަންމެ ތަޤްވާވެރި ނަމަވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވެވިގެން ހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ކޮންމެ މީހަކަށްވެސް އުނދަގޫކުރާނެއެވެ. ވަސްވާސްދޭނެއެވެ. ފާފަތައް ކުރުވާނެއެވެ. އެކިމީހުން ލައްވައި ކުރުވޭނީ އެކިވަރުގެ ފާފަތަކެވެ. ބޮޑެތި ފާފަތައް ކުރުވޭނީ ތަޤްވާވެރިކަން ކުޑަމީހުން ލައްވައެވެ. ތަޤްވާވެރިންގެ ހިތަށްވެސް ވަސްވާސްދީގެން ފާފަތައް ކުރުވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަންކުރަން ސަމާލުކަންދޭވަރަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވެހުންނަންވެސް ސަމާލުކަންދޭންވާނެއެވެ. އެކަން އެގޮތަށް ނުކުރިނަމަ ހިސާބު ބައްލަވާއިރު ފާފައިގެ ކޮޅަށް ބުރަވުން ގާތްވެދާނެކަމަށް ބިރުވެތިވާށެވެ!

ނިކަން ވިސްނައިލަބަލާށެވެ! މީހަކަށް ދެރައެއް ލިބުމުން އުފާކުރުމަކީވެސް ފާފައެކެވެ. މީހަކަށް ދެރައެއް ލިބެން އެދުމަކީވެސް ފާފައެކެވެ. އެއީ ތިމާއަށް ހެޔޮނޭދޭ ޢަދާވާތްތެރިއެއް ނަމަވެސްމެއެވެ. ވީމާ ކުރެވޭ ފާތަކާއިމެދު ވިސްނައި އިޞްލާޙްވާން ކޮންމެދުވަހަކުވެސް މަސައްކަތްކުރަންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން