ސަމާލުކަން ދޭންޖެހޭ ކަމެއް! ތިބާއަކީ އެހެން މީހުން ލައްވައި ﷲ އަށާ ތިބާގެ މައިންބަފައިންނަށް އެއްޗެތިގޮއްވާ މީހަކަށް ވެއްޖެނަމަ ފާފަވެރިވާނީ ތިބާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސަމާލުކަން ދޭންޖެހޭ ކަމެއް! ތިބާއަކީ އެހެން މީހުން ލައްވައި ﷲ އަށާ ތިބާގެ މައިންބަފައިންނަށް އެއްޗެތިގޮއްވާ މީހަކަށް ވެއްޖެނަމަ ފާފަވެރިވާނީ ތިބާއެވެ!

ފުރަތަމަ ކަމަކީ އެހެން ދީނެއްގެ މީހަކާއި ވާހަކަދެއްކިނަމަވެސް އަދި ބަހުސެއް ކުރިނަމަވެސް އޭނާގެ ދީނަށް ފުރައްސާރަނުކުރުމެވެ. އެކަންކުރާނަމަ އޭނާވެސް ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރާނެތީއެވެ. ވީމާ މިއީ އެހެން ދީންތަކުގެ މީހުންނާއި މުޢާމަލާތުކުރުމުގައި ވިސްނަން ޖެހޭނެ ކަމެކެވެ.

ދެން ބުނެލަން އޮތީ އެއްވެސް މީހަކީ އެހެން މީހުން ތިމާގެ މައިންބަފައިންނަނަށް އެއްޗެތިގޮވުމަށް އެދޭނެ މީހަކު ނޫނެވެ. ނަމަވެސް ބައެއް ފަހަރު ތިމާއަކީ އެހެން މީހުން ލައްވައި ތިމާގެ މައިންބަފައިންނަށް އެއްޗެތިގޮއްވާ މީހަކަށް އެބަ ބަދަލުވެއެވެ. ކަންކަން ކުރެވޭ ގޮތަކުންނެވެ.

އެކަން އެހެންވާ ގޮތް ޙަދީޘްފުޅުން އެނގެން އެބައޮތެވެ! އެއީ ތިބާ އެހެން މީހުންނަށް ނުވަތަ އެހެން މީހުންގެ މައިންބަފައިންނަށް އެއްޗެތި ގޮވުމެވެ. އެއިރުން އެމީހާ ތިބާގެ މައިންބަފައިންނަށް އެއްޗެތިގޮވަނީއެވެ! އެއިރުން ކުށްވެރި މިވަނީ ކާކުހެއްޔެވެ؟ ތިބާ ނޫން ހެއްޔެވެ؟

ކުރިންވެސް ބުނިފަދައިން ބައެއް މީހުން އެހެން މީހުންގެ ކަލާނގެތަކަށް އެބަ އެއްޗެތި ގޮވައެވެ. އެއިރުންވާގޮތަކީ އެމީހުން ﷲ ތަޢާލާއަށް އެއްޗެތިގޮވުމެވެ. އެއިރުން ތިބާއަށް އެކުރެވެނީ މާބޮޑު ފާފައެކެވެ.

މިހިރަ މިހިރަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. ބައެއް މީހުންނަށް މިފަދަ ކަންކަމުގެ ތެރެއަށް ވަދެގަނެވެނީ މިކުރެވެނީ ކިހައި ބޮޑު ފާފައެއްކަން ނުވެސް އެނގިހުރެއެވެ. ވީމާ ހޭލުންތެރިވެ އަމިއްލައަށް ރައްކައުތެރިކަން ލިބިގަންނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން