ކިތަންމެ ގިނައިން ފައިސާ ލިބުނަސް މީހެއްގެ ހިތް ފުރޭނެތަ؟: ޑރ. ޢަބްދުއްސައްތާރު ޔޫސުފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކިތަންމެ ގިނައިން ފައިސާ ލިބުނަސް މީހެއްގެ ހިތް ފުރޭނެތަ؟: ޑރ. ޢަބްދުއްސައްތާރު ޔޫސުފް

މިހާރަށް ބަލައިފިނަމަ އެންމެންހެން އަވަދިނެތި ތެޅިފޮޅެނީ އެކައުންޓަށް ފައިސާ އިތުރުކުރެވޭތޯއެވެ. އެކަމުގައި އުޅެންހަދައިގެން ފަރުޟު 5 ނަމާދުވެސް އޮންނަނީ ނުކުރެވިފައެވެ. ޖަމާޢަތުގައި ނަމާދުކުރެވެނީ ހާދަ މަދުބައަކަށެވެ. 

އެހެންކަމުން ތިރީގައިވާ ލިޔުންކޮޅޫ ވިދާޅުވެ ވީޑިއޯވެސް އަޑުއައްސަވައިލެއްވުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ. 

ދުނިޔޭގައި އުޅެވެން އޮތީ ފައިސާ ލިބިގެންނެވެ. އެހެންވެ އެންމެ ބޮޑަށް ބޭނުންވާ ކަމަކާއިބެހޭ ގޮތުން މީހަކު ސުވާލުކޮށްފިނަމަ ފުރަތަމަވެސް . މަތިމައްޗަށްވެސް ބުނެވޭނީ ފައިސާގެ ވާހަކައެވެ. 

ސުވާލަކީ ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް ތިމާ ޙާޞީލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރެވި ނިމޭ ހެއްޔެވެ؟ ފެދޭވަރުވޭހެއްޔެވެ؟ ހިތްހަމަޖެހޭވަރުވޭހެއްޔެވެ؟ 

މިފަދަ ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީވެސް ހިތް ނުފުރޭކަމެވެ. ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫނެވެ. އެއްކަމެއް ޙާޞީލްކުރެވޭއިރަށް އިތުރު ކަމަކަށް ބޭނުންވާނެއެވެ. އެއީ ދުވަހަކުވެސް ނިމޭނެ ކަމެއް ނޫނެވެ. 

ދެން ކުރަންޖެހޭ ސުވާލަކީ ކިތަންމެ ވަރަކަށް މަސައްކަތްކޮށްކޮށްގެން ކިތަންމެ ގިނަ ފައިސާ އާއި ގެދޮރާއި މުދަލާއި އެހެނިހެން ވަސީލަތްތައް ހޯދިނަމަވެސް އާޚިރަތް ދުވަހަށް ތައްޔާރުނުވެވޭނަމަ ދުނިޔޭގައި އޭނާ އެހައި ބުރަ އުފުލައިގެން ކުރި މަސައްކަތުން ކުރީ ފައިދއެއް ހެއްޔެވެ؟ 

ކާމިޔާބު ލިބޭނީ މިކަމުގައި އަމަލުކުރާނެ ރަނގަޅު މިންގަނޑެއް ކަނޑައަޅައިގންނެވެ. ދުނިޔެ ޙޯދަން މަސައްކަތްކުރަމުންވެސް އާޚިރަތް ހޯދަން ކުރަންޖެހޭ މަސައްކަތްތަކަށް އުނިކަމެއް ނުގެނެސް ބަރާބަރަށް ކުރަމުން ގެންދިއުމުންނެވެ. 

- ޑރ. ޢަބްދުއްސައްތާރު ޔޫސުފްގެ ދަރުސް ވީޑިއޯ ބައްލަވާލެއްވުމަށް:

 

މިއަދު އޮންލައިން