ރަމަޟާން މަހު އޮތީ ދުޢާކުރުން ގިނަކުރުމެވެ! ދުޢާކުރަން ވަކި ބަހެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ރަމަޟާން މަހު އޮތީ ދުޢާކުރުން ގިނަކުރުމެވެ! ދުޢާކުރަން ވަކި ބަހެއް ނެތެވެ!

ރަމަމާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރެވެ! މުސްލިމުންނަށް އޮތީ ރޯދަތައް ހިފައި ވީހާ ގިނައިން އަޅުކަންކުރުމާއި ވީހާ ގިނައިން ދުޢާކުރުމެވެ. ދުޢާކުރާކަށް ވަކިބަހެއް ނެތެވެ! ދުނިޔޭގެ އެންމެން ވާހަކަދައްކާ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ދުޢާކުރަން ކޮންމެހެން ވަކި ބަހަކުން ދުޢާކުރާކުން ލާޒިމެއް ނޫން، އެމީހަކަށް އެނގޭބަހަކުން އެމީހަކަށް ފަސޭހަ ޢިބާރާތަކުން ﷲ ގެ حضرة ގައި ދެންނެވީމައި ރަނގަޅުވާނެ، ކޮންމެ ބަހަކުން ދެންނެވިކަމުގައި ވީނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވޭ. 

ﷲ ވަޙީކުރަށްވާފައި ވަނީ وَقَالَ رَ‌بُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ  ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު އަންގަވައޭ ތިޔަބައިމީހުން ތިމަން ﷲ އަށް ދުޢާ ދަންނަވާށެވެ. ބޭނުންވާ ކަމަކަށް އެދި ދަންނަވާށޭ. ތިމަން ﷲ އިޖާބަކޮށް ދެއްވާނަމޭ. އެހެން އާޔަތެއްގައި އަންގަވަނީ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ތިމަން ﷲގެ އަޅުތަކުން ތިމަން ﷲ އާ ބެހޭގޮތުން ސުވާލުކޮށްފި ކަމަށް ވަނީނަމަ ދަންނަވާށޭ فَإِنِّي قَرِيبٌ ތިމަން ﷲ ވޮޑިގެންވަނީ ވަރަށް ކައިރީގައެވެ. أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ދުޢާ ކުރާ މީހަކު ދުޢާ ކޮށްފިކަމުގައި ވަނީނަމަ އެމީހެއްގެ ދުޢާ ތިމަން ﷲ އިޖާބަކޮށްދެއްވާނަމެވެ.  

އެހެންވީމާ އެމީހަކަށް ބޭނުންޖެހިފައިވާ ކަމެއް އެއީ އަތްމަތި ދަތިވެގެން ތަނަވަސް ކޮށްދެއްވުން އެދި ދުޢާ ކުރިކަމުގައި ވީނަމަވެސް ނުވަތަ ބަލިމަޑުކަމެއް ޖެހިގެން ޝިފާ ދެއްވުން އެދި ދުޢާ ކުރިކަމުގައި ވީނަމަވެސް މިއިން ކޮންމެ ކަމަކަށްވެސް ހަމަ އެމީހަކަށް އެންމެ ފަސޭހަ ބަހަކުން އެންމެ ފަސޭހަ ޢިބާރާތަކުން ﷲ ގެ حضرة  ގައި ދެންނެވީމައި ރަނގަޅުވާނެ ﷲ މޮޅަށް ދެނެވޮޑިގެންވޭ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން