ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރުމުން ފުރައްސާރަކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރުމުން ފުރައްސާރަކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް!

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ އެއްގޮތަށް ފޭރާން ލުމުން، ތުނބުޅި ބެހެއްޓުމުން ބައެއް މީހުން ތަފާތު ނަންތަކުން ކިޔައި ފުރައްސާރަކުރެއެވެ. މިއީ ނުއެނގިތިބެ ނަމަވެސް ކުރެވޭ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. 

ސުންނަތަށް ޢަމަލުކުރަން އޮތީ އެމީހަކު ބޭނުންވާ ވަރަކަށެވެ. އެމީހަކު ޢަމަލުކުރިވަރަކުން އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. ވީމާ ތިމާ ބައެއް ސުންނަތްތަކަށް ޢަމަލުނުކުރުމަކީ ޢަމަލުކުރާ ބައަކަށް ފުރައްސާރަކުރަންޖެހެންވީ ސަބަބެއް ނޫނެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

" رسول الله ގެ ސުންނަތެއް ދިރުވުމަށް މީހަކު މަސައްކަތް ކުރަމުން ދާއިރު އެމީހަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ އެއީ رسول الله އަށް ކުރެވޭ ފުރައްސާރައަކަށް ވެގެންދާނެއެވެ. އެހެންވީމާ ޙަޤީޤަތުގައި އެ މީހުންނަށް އެކުރެވެނީ  ވަރަށްނުރައްކާތެރި ކަމެކެވެ. 

އެމީހުންނަށް އެކަމުގެ ނުރައްކާތެރިކަން ނޭންގި، އެއީ ބޮޑުކަމެއްކަމަށް ނޭންގި އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކިގެން އެކަންތައްތައް ކުރެވޭ ކަންތައް އެއީ ޙަޤީޤަތުގައި ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމަކީ އެކަމުން އަޅުގަނޑުމެން ދުރުހެލިވެ ރައްކާތެރިވެ ސަލާމަތްވާން ޖެހޭނެ ކަމެކެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން