އެކަނި ގޭގައި ހުންނަ އަންހެނަކު ގޭގައި ތަރާވީޙް ނަމާދު ކުރުމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެކަނި ގޭގައި ހުންނަ އަންހެނަކު ގޭގައި ތަރާވީޙް ނަމާދު ކުރުމުގެ ޙުކުމް-

އަންހެނުންނަށް ބޮޑަށް ރަގަޅުގޮތަކީވެސް ގޭގަ ނަމާދުކުރުން، އެހެންނަމަވެސް ރަސޫލުﷲ ޙަދީޘްކުރައްވަނީ لاَتَمْنَعُوا إمَاء الله مسَّاجِد الله ﷲގެ އަޅު އަންހެނުންނަށް މިސްކިތަށް ނަމާދަށް ދިޔުން މަނާނުކުރާށޭ އެހެންވީމާ، އެކަނބަލުން ނަމާދަށް މިސްކިތަށް ދާން ބޭނުންވެއްޖެ ޙާލަތެއްގައި އެކަން މަނާކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއްނުވޭ  

އެޔާއެކުގަވެސް އެކަނބަލުންނަށް ބުނެދޭން ޖެހޭނެ އެކަނބަލުންނަށް ބޮޑަށް ރަގަޅު ގޮތަކީ ގޭގަ ނަމާދު ކުރުމޭ، އެހެންވީމާ ގޭގާ އެކަނި ތަރާވީޙް ނަމާދު ކުރިކަމުގައިވީނަމަވެސް މައްސަލައެއްނޫން. އަންހެން ކަބަލުންނަށް ބޮޑަށް ރަގަޅު ގޮތަކީވެސް އެގޮތް އެހެންނަމަވެސް އަންހެން ކަބަލުން މިސްކިތައް ވަޑައިގަންނަވަން ބޭނުންވެއްޖެކަމަށްވަނީނަމަ އެކަމުގެ ފުރްޞަތުވެސް އެބައޮތް އެކަމަށް ހުރަސްއެޅޭނެ އެއްވެސް ޖާގައެއްވެސް ނެތް.  

އެކަން ހަމަ ތަނަވަސް ކޮށްދޭން ޖެހޭނެ. އެއީ ރަސޫލު ﷲ ގެ ޙަދީޘަޢް ޢަމަލު ކުރުމުގެގޮތުން. ދެން އެކި ކަނބަލުންގެ ޙާލަތު ހުންނާނީ އެކިގޮތަށް ބައެއް ބޭކަނބަލުންނަށް ފަހަރެއްގާ އެކަނި ނަމާދު ކުރަންވީމާ ނަމާދުގާ އެއަންނަންވާ ޚުޝޫޢަތްތެރިކަމާ ކަންކަން ނައުން އެއީ އެކަށީގެންވާ ކަމެއް އޭގެ ބަދަލުގާ ޖަމާޢަތެއްގައި ބައިވަރު މީހުންގެ ތެރޭގައި ޚާއްޞަ ގޮތެއްގައި ރީތިކޮށް ކިޔަވާ އިމާމެއްގެ ފަހަތުގައި ނަމާދު ކުރަންވީމާ ނަމާދުގެ ތެރެޔަށް ވަދެވޭ ޚުޟޫޢަތްތެރިކަން އެފަދަކަންކަންވުން އެއީ ހަމަ އެކަށީގެންވާ ކަމެއް. އެހެންވެއްޖެ ކަމަށްވަނީނަމަ މިސްކިތަށް ދިއުމަކީ މައްސަލައެއް އޮތް ކަމެއްނޫންއެކަމުގާ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން