ހާރު ކެއުން ލަސްކުރާށެވެ! ބުނުމުން އެއީ ފަތިސްނަމާދާއި ދެމެދަށް ކިހާ އިރަކަށް ކައިރިވަންދެންތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވއެވެ.
ތިރީގައިވާ ލިޔުމުން ޖަވާބު ސާފުވެލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ޒައިދު ބިން ޘާބިތް رضي الله عنه ގެ އަރިހުން ސުވާލު ދެންނެވުނެވެ. ފަތިސް ނަމާދުގެ ވަޤުތާ ނަބިއްޔާ ﷺ ގެ ސުޙޫރާ ދެމެދުގައި ކިހާ ވަޤުތެއް ހޭދަވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ؛ "މީހަކު 50 އާޔަތް ކިޔަވާނެހާ ވަޤުތެވެ." [صحيح البخاري]
ޝެއިޚް ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ ؛ އަހުރެން އެފަދައިން 50 އާޔަތް ކިޔެވީމުއެވެ. އެއީ ގާތްގަނޑަކަށް 6 މިނެޓެވެ.
[تنبيه الأفهام شرح عمدة الأحكام ص 419]