ކައިވެނިކުރަންޖެހޭ ހެއްޔެވެ؟ މިއީ މިއަދު ވަރަށް ގިނަ ބައަކު ކުރާ ސުވާލެކެވެ. ފަހަރެއްގައި އެހައި ގިނަ މީހުން އެސުވާލުކުރަނީ ކައިވެންޏަށްފަހު ޖެހޭ މައްސަލަތައް ގިނަވުމާއި ކައިވެނި ރޫޅުން އަވަސްވެދާނެއެވެ.
- ޚާއްޞަކޮށް ފިރިހެނުން ކައިވެނިކުރަންޖެހެއެވެ. ސަބަބަކީ އެކަނި ހުރިނަމަ ލިބޭހައި ފައިސާއެއް އަންހެނުންނަށް ޚަރަދުކުރާބައަކީ ފިރިހެނުން ކަމުގައިވާތީއެވެ.
- ކައިވެނިކޮށް ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާނަމަ އެކަނި ހުރުމަށްވުރެ ހުރިހާ ގޮތަކުންވެސް ޚަރަދުތައް ކުޑަވާނެއެވެ.
- އަނބިމީހާއަށް ޚަރަދުކުރަންޖެހުނަސް ޚަރަދުކުރަންޖެހޭނީ އެކަކަށެވެ. ވީމާ އެކަނި ހުރެ ބައްދަލުވާހައި އަންހެނުންނަށް ކުރާ ޚަރަދަށްވުރެ މާމަދު ފައިސާކޮޅަކުން އަނބިމީހާގެ ކަންކަން ބެލެހެއްޓޭނެއެވެ.
- ޚަރަދުކުރަންޖެހުން މަދުވުމުގެ އިތުރުން އަނބިމީހާ ވާނީ ފިރިމީހާގެ ކަންކަން ބަލަހައްޓާ މީހަކަށެވެ. ފިރިމީހާއަށް ޚިދުމަތްކުރާ މީހަކަށެވެ. ކައްކާފައި ކާންދިނުމާއި އެނޫންވެސް ކަންކަން ކޮށްދޭ މީހަކަށެވެ.
- ބަލިވެއްޖެނަމަ އަނބިމީހާ އެހީތެރިވާނެއެވެ. ގަދަކަމުންވެސް ޑޮކްޓަރަށްވެސް ގެންދާނެއެވެ. ވީމާ ކައިވެނިކުރުމުން އެލިބެނީ ތިމާގެ ޞިއްޙަތަށް ފާރަވެރިވާނެ ފާރަވެރިއެކެވެ.
- އަނބިމީހާވާނީ ފިރިމީހާގެ ޚިދުމަތުގައި އަބަދުވެސް ހުންނަ މީހަކަށެވެ. ވީމާ ފޫހިވެ އެކަނިވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.
މިކަންކަމަކީ ކައިވެނިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ބަޔާންކޮށް މުސްލިމް ނޫން މީހުން ހާމަކުރާ ކަންކަމުގެ ތެރެއިން ކުޑަމިންވަރެކެވެ. ޙަލާލު ގޮތުގައި އެއްދާންކުރުންފަދަ ކަންކަމުގެ ވާހަކަ އެމީހުން ނުދައްކާނެއެވެ.
އެމީހުން އެބުނާ މިންވަރުންވެސް އެނގެނީ އަންތބަކު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިއްޖެނަމަ ވީހާ އަވަހަކަށް ކައިވެނިކުރުމުގެ މުހިންމު ކަމެވެ. ކައިވެނިކުރުމުން އެތައް ބައިވަރު ފައިދާތަކެއް ކުރާނެ ކަމެވެ. އިސްލާމް ދީނުގައިވެސް ކައިވެނިކުރަން އެހާބޮޑަށް ބާރުއަޅާފައި އެއޮންނަނީ މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ.
- އަލަފް / މިއަދުނޫސް