މިއީ ރާއްޖޭގެ ތާރީޚުގަވެސް އަލަށް ގިނަ ކަންތައްތަކެއް ތަޢާރަފްކޮށް ރައްޔިތުންގެ ދީނީހޭލުންތެރިކަން އިތުރުކުރަން އެންމެ ގިނަ ޙަރަކާތްތައް ހިންގޭ ރަމަޟާންމަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
މިއީ ރާއްޖޭގެ ތާރީޚުގަވެސް އަލަށް ގިނަ ކަންތައްތަކެއް ތަޢާރަފްކޮށް ރައްޔިތުންގެ ދީނީހޭލުންތެރިކަން އިތުރުކުރަން އެންމެ ގިނަ ޙަރަކާތްތައް ހިންގޭ ރަމަޟާންމަސް!

އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

އާދެ، މިއަދު ތިޔަބޭފުޅުންނާ އަޅުގަނޑު މި ބައްދަލުކޮށްލީ އާންމުގޮތެއްގަ ފޭސްބުކް މެދުވެރިކޮށް މިނިސްޓްރީގެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތުދިނުމަށް އަޅުގަނޑު ބައްދަލުކުރާ ސިލްސިލާގެ ތެރެއިން. މިއަދު އަޅުގަނޑުގެ މައުޟޫއަކީ ތިޔަ އަޚުންނާ ހިއްސާކޮށްލަން ބޭނުންވަނީ މިނިސްޓްރީގެ ރޯދަމަހުގެ މަސައްކަތްތަކާ ބެހޭގޮތުން. 

އަޅުގަނޑުމެން މި ރޯދަމަހުގައިވެސް އެހެން ރޯދަމަސްތަކެކޭވެސް އެއްފަދައިން އިޙްޔާ ފޯރަމްތައް ކުރިއަށް އެބަ ގެންދަމު. މިއަހަރުގެ އިޙްޔާފޯރަމްތައް ވާނީ އިތުރު ކުރެވިފަ ބައެއް ރަށްރަށުގަ. މިގޮތުން މާލެގަ އަޅުގަނޑުމެން 8 އިޙްޔާފޯރަމް ބާއްވާއިރުގަ އަތޮޅުތަކުގެތެރޭގައިވެސް އަޅުގަނޑުމެން 8 ފޯރަމް އެބަ ބާއްވަން. މީގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންގެ 4 ފޯރަމް އަޅުގަނޑުމެން އެބަ ބާއްވަން. އެހެންވީމަ ޖުމްލަ 20 އިޙްޔާފޯރަމް މިފަހަރުގަ ރަމްޟާންމަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވިގެން ދާނެ.

މީގެ އިތުރުން ޢަސުރުނަމާދު ފަހުން އޮންނަ ދަރުސްތަކާއި އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ވަރަށް ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަމު. އަދި އެކިއެކި ޖަމިއްޔާތަކާއި ގުޅިގެންނާއި ޓީވީ ޗެންލްތަކާ ގުޅިގެންވެސް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް އެބަ ގެންދަމު. 

އަދި ވަކިން ޙާއްސަގޮތެއްގައި މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯގެ ފަރާތުން ވަރަށްގިނަ ޕްރޮގްރާމްތައް ކުރިއަށް އެބަ ގެންދޭ މިފަހަރު ރޯދަމަހުގައި. މިނިސްޓްރީގެ މަސައްކަތަކީ ޕްރޮގްރާމްތައް އުފައްދާ ޕަބްލިޝްކޮށް އާންމު ކުރުމާއެކުގައި އެހެން ޓީވީ ތަކަށްވެސް ޕްރޮގްރާމްތައް ދިނުން. 

މިގޮތުން މިފަހަރުގެ ރަމަޟާންމަހުގައި، މީ އަދި އަލަށް އަޅުގަނޑުމެން ކުރާ ކަމެއް. ރަމްޟާންމަހުގައި އަޅުގަނޑުމެން 9 ވަރަކަށް ޕްރޮގްރާމް އެބަ ކުރިއަށް ގެންދަން،.ސްޓޫޑިއޯގެ އުފެއްދުންތައް އިނގޭތޯ. މީ ހަމަ ސީދާ އެންމެ ޒަމާނީ ފެންވަރަށް އުފައްދާފައި ހުންނަ އިސްލާމީ ޕްރޮގްރާމްތައް. މި ޕްރޮގްރާމްތަކުގެ ތެރޭގައި ކީރިތި ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތާއި ބެހޭ ޕްރޮގްރަމްތައް ހިމެނޭ. އޭގެ ބޭނުމަކީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް، ނުކުޅެދޭ ފަރާތްތަކަށް، ހާއްސައެހީތެރިކަމަށް ބޭނުންވެފައުވާ ފަރާތްތަކަށްވެސް އިސްލާމްދީނާއިބެހޭ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގު ތަނަވަސްވެފައި އޮތުން. 

އެގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޔަރަތުވެސް ހަމަ އަޅުގަނޑުމެން މިދަނީ ރިކޯޑްކޮށްފަ ޢާންމު ކުރަމުން. އެގޮތަށް "އިސްލާމީ ޙީދާޔަތު" ކިޔާ ޕްރޮގްރާމެއްވެސް އަޅުގަނޑުމެން އެބަ ގެންދަމު ރޯދަމަހާ ދިމާކޮށް އިސްލާމިކް ސްޓޫޑިއޯގެ ފަރާތުން ފޭސްބުކް މެދުވެރިކޮށް އަޅުގަނޑުމެންގެ މި ޕްރޮގްރާމްތައް ކުރިއަށް މިދަނީ. އެހެންވީމަ އިރާދަކުރެއްވިއްޔާމު، މި ޕްރޮގްރާމްތައް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ހަމަ ތަރުޙީބު ލބެމުން އެބަދޭ. އެތައް ޙާސް މީހުންނެއް މި ޕްރޮގްރާމްތައް އެބަ ބަލާ، އެކި އެކި ވަޞީލަތްތައް މެދުވެރިކޮށް. 

އަޅުގަނޑުމެން "ނަސީޙަތުގެ" ނަމުގައި ޕްރޮގްރާމެއް އެބަ ގެންދަން. "ރައްޔާން" ގެ ނަމުގައި ޕްރޮގްރާމެއް އެބަ ގެންދަން. 

"ނިސްވާގެ" ނަމުގައި، އެއީ އަންހެން ބޭފުޅުންނަށް ޙާއްސަ ޕްރޮގްރާމެއް އެބަ ގެންދަން. "ކޮއްކޮމެން" ނަމުގައި ޕްރޮގްރާމެއް އެބަ ގެންދަން. "ރޯދައިގެ ހިޔަލުގަ" ޕްރޮގްރާމެއް އެބަ ގެންދަން. " ރިސާލަތު" ޕްރޮގްރާމް އެބަ ގެންދަން. 

ރިސާލަތު ޕްރޮގްރާމްގައި އަޅުގަނޑުމެން އެބަ ގެންދަން ދެ ބަހުން. އެއީ ދިވެހިބަހުންވެސް އަދި އިނގިރޭސި ބަހުންވެސް. އިނގިރޭސި ބަހުން މި ގެންދިޔުމުގެ ބޭނުމަކީ، އިނގިރޭސި ބަހުން މިފަދަ ދަރުސްތަކާއި ދީނީ މައުލޫމާތު އަޑު އެއްސެވުމަށް ޝައުޤުވެރިކަން ހުންނަ ޒުވާނުން އެބައުޅޭ ވަރަށް ގިނައިން. އެހެންވީމަ އެކުދިންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން އިނގިރޭސި ބަހުންވެސް ރިސާލަތު ޕްރޮގްރާމްގެ މައުލޫތައް ކުރިއަށް މި ގެންދަނީ.

އިރާދުކުރެއްވިއްޔާމު ރޯދަމަހުގެ މި ހުރިހާ ތައްޔާރީތަކެއްވެސް ހަމަ އަޅުގަނޑުމެން ތައްޔާރު ކުރިގޮތައް،  އިންތިޒާމްތައް ކުރިއަށް ގެންދިޔަގޮތަށް ހަމަ އިންޝާﷲ ކުރިއަށް އެބަގެންދޭ. ތަރުތީބުތައް ހަމަ ރާވާފައި އޮތްގޮތަށް އިރާދުކުރެއްވިއްޔާމު ކުރިއަށް އެބަދޭ. 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން