މިސްކިތްތަކުގައި އަޑުމަޑު ކުރާކަށް އެއްވެސް މިސްކިތަކަށް، އިމާމުންނަކަށް އަންގާފައެއް ނުވާނެ! ހަޤީޤަތް އޮޅުވާލަން އުޅުނަސް ރައްޔިތުން ޤަބޫލެއް ނުކުރާނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 52ސ
މިސްކިތްތަކުގައި އަޑުމަޑު ކުރާކަށް އެއްވެސް މިސްކިތަކަށް، އިމާމުންނަކަށް އަންގާފައެއް ނުވާނެ! ހަޤީޤަތް އޮޅުވާލަން އުޅުނަސް ރައްޔިތުން ޤަބޫލެއް ނުކުރާނެ!: ޑރ. ޝަހީމް

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދީނީ ވަޙްދަތު ދެމެހެއްޓުމަށްޓަކައި ، އެ ޔަޤީންކަން ދިވެހި ރައްޔިތުން އޮންނަންވާނެ އިސްލާމިކް މިނިސްޓްރީއާއި ދޭތެރޭގައި. އިސްލާމިކް މިނިސްޓްރީން، ސަރުކާރުގެ ފަރާތުން، ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން، ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ 100 ޕަސެންޓް ޔަޤީންކަން ދިވެހި ރައްޔިތުންނަށް އޮންނަންވާނެ. މިވާހަކަ އަޅުގަނޑު މި ދަންނަވާލީ ވަރަށް މުހިއްމު ސަބަބަކަށްޓަކައި. 

މި ދެތިންދުވަހު ތިޔަބޭފުޅުންނަށް އަޑު އިވި ވަޑައިގަންނަވާނެ މި ބަންޤީގެ އަޑު ކަނޑާލައިފިއޭ މަލެ ތެރެއިން، ނަމާދު ކުރާ އަޑެއް ނުއިވެއޭ. މިފަދަ ފިތުނަވެރި ވާހަކަތައް މި ދެތިންދުވަހެއްގަ އަޑުއިވިގެން ދިޔަ. އެހެންނަމަވެސް، މިހާރު އެވާހަކަތަކެއް ނުހިނގި. ނުހިނގާ ސަބަބަކީ މީހުންނަށް ބަންޤީގެ އަޑު އިވޭ.  ޖަމާޢަތުގެ އަޑު އިވޭ. މިސްކިތްތަކުން އަޑު ކަނޑުވައެއް ނުލާނެ. އިރާދުކުރެއްވިއްޔާމު މިފަހަރު ވަކިން ޙާއްސަކޮށް ހަމަ މިކަންތައްތައް ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައި ވަނީ.

ދެން، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ އަކީ، ހަމަ އިރާދުކުރެއްވިއަޔާމު ދިވެހި ރައްޔިތުން އިސްލާމްދީން ދެކެ ނުލާހިކު ލޯބިވޭ. މިސްކިތްތަކުގެ ޤަދަރު އިޙްތިރާމް ދަމަހައްޓާ. އެހެންވީމަ އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ދުވަހަކުވެސް ކުރާނެކަމެއް ނޫން އެއީ މިސްކިތްތަކުގެ އަޑު ކަނޑުވާލައި މިބާވަތުގެ ކަންކަން ކުރުމަކީ އެއީ. 

ދެން، ހުރިހާ ބޭފޫޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މާލެސިޓީއަކީ މީ މިސްކިތްތައް ވަރަށް ގިނަ ސިޓީއެއް. އަދި ވަރަށް ކައިރި ކައިރީގައި މިސްކިތްތައް ހުރޭ. މިސާލަކަށް އަޅުގނޑުމެން ބަލަމާ ހިނގާ އިސްލާމިކް މިސްކިތް ކައިރީ މި ހުރި ދަރުމަވަންތަ މިސްކިތް ހަމަ ޖެހިގެން ކަހަލަ ގޮތަކަށް. ހުކުރުމިސްކިތް، އަނެއް ފަޅިން ބަންޑާރަ މިސްކިތް. މިހެން ހުންނަށް ތަންތަނުގައި މި ސައުންޑް މި ހުންނަނީ ޒަމާނުއްސުރެވެސް. އެއީކީ މި ސަރުކާރަކުން ވަކި ގޮތަކަށް ސައުންޑް ބަހައްޓއިގެންނޭ ކިޔާފަ މި އަޑުފަތުރާ ވާހަކައަކީ ހަޤީގަތާއި މުޅިން ޚިލާފު ވާހަކައެއް. އެއްވެސް މިސްކިތެއްގައި އަޑު ދަށް ކުރާކަށް މިނިސްޓްރީއަކުން ނާންގާނެ. އެއ ކަނޑައެޅިގެން ދޮގު ވާހަކައެއް އެއީ. 

ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން ސަރުކާރު ފެށުނުފަހުން އެފަދަ  އެއްވެސް ނިންމުމެއް މި މިނިސްޓްރީއަކުން ނިންމާ ތަންތަނަށް އަންގާފައެއް ނޯންނާނެ. އެކި ތަންތާގައި އަޑު މި ހުންނަނީ ހަމަ އެތަނަކަށް އެންމެ މަސްލަހަތު ގޮތަށް އެ މިސްކިތަކުން ތަރުތީބު ކޮށްފަ މި ހުންނަނީ . އަނެއްކާ މިސްކިތްތައް ބެލެހެއްޓުމުގެ ބައި ސައުންޑް ސިސްޓަމްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމާއި. މި ކަންކަން މި ގެންދަނީކީ އެއީ އިސްލާމިކް މިނިސްޓްރީން ކުރާ ކަމެއް ނޫން. އެއީ މާލެސިޓީ ކައުންސިލް ދަށުގަ އެކަންކަން މި އޮންނަނީ. 

އެހެންވީމަ، އަޅުގަނޑުމެންނަށް ނޭންގި އަދި އެބޭފުޅުންވެސް ކަމެއް ނުކުރައްވާނެ. ހަމަ ވަރަށް ގުޅިގެން ހުރިހާ ފަރާތަކުންވެސް މިކަންކަން މި ކުރަނީ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ބަންޤީގެ އަޑު ކަނޑުވާލާކަށް އެއްވެސް ކަމެއް މިނިސްޓްރީއަކުންނެއް ނުކުރާނެ. އަދި އަމްދުން އަޅުގަނޑުމެން މިހަރު  މި ސަރުކާރުގަ އަދި އަޅުގަނޑ މިތާ ހުރެގެން ރައީސުލް ޖުމޫހާރިއްޔާކަމުގެ މަޤާމުގައި ރައީސް މުޢިއްޖު ހުންނަވައިގެން ކިހިނެއްތޯ އެބާވަތު ކަމެއް ކުރާނީ. 

އެހެންވީމަ އެ ގޮތަށް އިވޭ އަޑުތައް އެއްގޮތަކަށްވެސް ޤަބޫލު ކުރައްވައިގެން ނުވާނެ. މީޑިއާގައި މި ދޭތެރެއިން އައި ވާހަކައަކީ  އެއީއަޅުގަނޑުއާ ހަވާލާދީ އައި ވާހަކައެއް. އެންމެ ރަނގަޅުގޮތަކީ އެއީ މިސްކިތު ތެރެއަށް އަޑު ހުރުމޭ. ހަޤީގަތުގައި އެއީ ހުރިހާ މިސްކިތްތަކުގެ ވާހަކައެއް ނޫން އެއީކީއެއް. އެއީ ވަކި ތަނެއްގަ ހުރި ވަކި މިސްކިތަކާ ބެހޭގޮތުން އައި ސުވާލެއް ޓްވިޓަރގަ އައި ސުވާލެއް އެއީ. ސުވާލުގެ ޖަވާބު އަޅުގަނޑު ދިނީ. 

އޭގެ ސުވާލުގައި މި އޮންނަނީ ،އެއީ ކުޑަ ކުޑަ މިސްކިތެއް ކުޑަ މިސްކިތެއް. އެތަ ހަމަ އެ މިސްކިތުގެ ހަމަ ބުޑުގަ ޖެހިގެން މި ހުންނަނީ ގެތައް. އެތާގަ މިއުޅޭ ބަލިމީހުން، އެމީހުންނަށް މިސްކިތަކަށް ނުވެއް ދެވޭ. ބަލިމީހުން ނަމާދު ކުރާ ގަޑީގައި ތަރާވީސް ކުރާ އިރުގައާއި، ބޭރަށް ލައުޑްސްޕިކަރު، ތާޅަފިއްޔަށް"މާނައަކީ އަޑު ދީފައި ހުރުމުގެ ސަބަބުން  އެމީހުންނަށް ގޭގައި ތިބެގެން ނަމާދުކުރަން އުނދަގޫވެއޭ. އެމީހުންނަށް، އުޒޒުރުވެރިންނަށް، ބަލިމީހުންނަށް، އަންހެނުންނަށް. މި ގޮތަށް އައި ސުވާލެއް އެއީ. އެފަދަ ސުވާލެއްގެ ޖަވާބު އެއީ. 

ސުވާލުގަ މި އަންނަނީ ވަކި ސްޕެސިފިކް ތަނަކާ ބެހޭގޮތުން. އެހެން ވެއްޖެއްޔާ އެ ޙާލަތުގެ މައްޗަށް ބިނާކޮށް ދީނީގޮތުން ދޭންޖެހޭ ޖަވާބެއް ،މި ދެވެނީ ދެއްތޯ. އެހެންވީމަ އަޅުގަނޑު ބުނީ ކޮންމެހެން އެކަހަލަ ހާލަތުގައި އެންމެ ރަނގަޅުވާނެ ގޮތަކީ އެތެރެއަށް އަޑު ހުރުމޭ. އެއީ ވަކި ކަހަލަ ސުވާލެއްގެ ޖަވާބެއްގެ ގޮތުން ބުނި ވާހަކައެއް. އެއީކީ ހުރިހާ މިސްކިތަކާ ގުޅޭ ވާހަކައެއް ނޫން. 

އެހެންނަމަވެސް، އެއީ އަޅުގަނޑުގެ އަމިއްލަ އޮޕީނިއަންގެ ގޮތުގައި އަޅުގަނޑު ޓްވިޓާގައި އެމީހާއަށް ޖަވާބުދިނީ. އެއްވެސް ހާލެއްގައި މިނިސްޓްރީ އަކުންނެއް އިމާމުންނަށް މިގޮތަކަށް މިސްކިތްތަކުގައި އަޑުމަޑު ކުރާކަށް އެއްވެސް މިސްކިތަކަށް އަންގާފައެއް ނުވާނެ. އެހެންމަ އެކަހަލަކަމެއް މިތާކު ނުވެއް ހިނގާ. މާލެއަކުވެސް ނުހިނގާ، އަދި އަތޮޅުތެރެއަކުވެސް ނުހިނގާ، އަދި ނުވެސް ހިނގާނެ. އިރާދުކުރެއްވިއަޔާ މިތަނަކުން އެކަހަލަ ކަމެއް ނުކުރާނެ. އެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އޮންނަންޖެހޭނެ. 

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ރާއްޖޭގެ އިސްލާމީ ވަޙްދަތު ޤާއިމް ކުރުމަށްޓަކައި. އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި. ދީނީ ޕްރޮގްރާމްތައް އިތުރު ކުރުމާއި. ދީނީ މަޝްރޫޢުތައް އިތުރު ކުރުމާއި، އައުޤާފް ތައް އިތުރު ކުރުމާއި، ޒަކާތުގެ ކަންކަން ދިރުވުމާއި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މީން ޒަމާނަކު ނުކުރެވޭ ވަރުގެ މަސައްކަތްތައް މިހާރު ޒަކާތުގެ ކަންކަމުގައިވެސް ކުރެވެމުން އެދަނީ. 

އަޅުގަނޑުމެން ހެދިބޮޑުވަމުން އަންނަ ޖީލްތަކަށް އިސްލާމްދީނުގެ ޒަކާތު މީ ކިހާވަރެއްގެ މަތިވެރި ރުކުނެއްކަން މީ އިނގޭތޯ އަންގައިދިނުމާއި، އުނގަންނައި ދިނުމާއި، ރާއްޖޭގެ ކަންކޮޅުތަކުން މިހާރު ކުރިއަށް އެބަދޭ. މިދޭތެރެއިންވެސް ޒަކާތު ހައުސްގެ ފަރާތުން ވަރަށްގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ކުރިއަށް ގެންގޮސްފި. އެ ޕްރޮގްރާމްތަކުގައި ބައިވެރިވި ފަރާތްތަކުން ދީފަހުރި އިންޓަވިއު ތަކާއި ކޮމެންޓްސްތައް އެހެރީ އެކަމަށް އުފާވެގެން. އެހެންމަ އެއީ، ވަރަށް ރަނގޅު ކަމެއް އެހެންނޫންތޯ އެއީ. 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން