ތިމާއަށް ﷲ ތަޢާލާ އާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ސިފަތަކާ އެމީހާއަށް ސުވަރުގެ ލިބޭނެކަން- އިން ޝާ ﷲ. ޝައިޚް ޔޫސުފް ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާއަށް ﷲ ތަޢާލާ އާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ސިފަތަކާ އެމީހާއަށް ސުވަރުގެ ލިބޭނެކަން- އިން ޝާ ﷲ. ޝައިޚް ޔޫސުފް ޙުސައިން

މާތް ﷲ ގެ ޙަޟްރަތާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާއަށް ސުވަރުގެ ލިބޭނެއެވެ. އިން ޝާ ﷲ. އެކަން އެނގިގެންދަނީ ސުވަރުގެ ލިބޭނެ ދެ މީހުން ކަމަށް އެނގެން އޮތް 2 މީހުންގެ ތެރޭގައި މާތް ﷲ ގެ ޙަޟްރަތާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާ ހިމެނިފައިވާތީއެވެ.

ސުވަރުގެ ލިބޭނެ ދެވަނަ މީހާއަކީ ހަވާނަފުސަށް ބޯ ނުލަނބައި ނަފްސް ކޮންޓްރޯލްކުރާ މީހާއެވެ.

މާތް ﷲ އާއި ބައްދަލުކުރަންޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ސިފަތައް:

މާތް ﷲ އާއި ބައްދަލުކުރަންޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ފުރަތަމަ ސިފައަކީ މާތް ﷲ އަށް ބިރުވެތިވުމެވެ. މާތް ﷲ އަށް ބިރުވެތިވާ މީހާ ތެދުވެރިވާނެއެވެ. ތެދުވެރިއަކު ކޮންމެ ކަމެއްގައިވެސް ބުނާނީ ޙައްޤު ތެދުބަހެވެ. އަމަލުކުރާނީ ޙައްޤަށެވެ. މާތް ﷲ އެންގެވި ގޮތަށެވެ.

ތެދުވެރިކަމުގެ އިދިކޮޅަކީ ދޮގުވެރިކަމާއި މަކަރުވެރި ކަމެވެ. އަނިޔާވެރިކަމެވެ. މިސިފަތަކަކީ މީހާ ނަރަކައާއި ދިމާއަށް ދަމައި ގެންދާ ސިފަތަކެވެ. މިސަބަބަށްޓަކައި މާތް ﷲ އަށް ބިރުވެތިވާ މީހާ އަށް ބަލައިފިނަމަ އެފަދަ މީހެއްގެ އެކުވެރިންގެ ގޮތުގައި ގެންގުޅޭނީ ވެސް އޭނާ ފަދަ މީހުންނެވެ. އަނިޔާވެރިންނާއި ދޮގުވެރިންނާއި މަކަރުވެރިންނެއް ނުގެންގުޅޭނެއެވެ.

ހަމަ އެއާއިއެކު ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ "ތިއަބައި މީހުން މާތްﷲ އަށް ބިރުވެތިވުމަށާއި ތެދުވެރިންނާއިއެކު ވުމަށް" މާތްﷲ ވަޙީކުރައްވަވާފައިވާ ބަސްފުޅެވެ. މި ބަސްފުޅަށް ބަލައިފިނަމަ އަޅުގަނޑުމެން ގުޅިގެން އުޅެންވީ ކޮން ބައަކާއިއެކުގައިކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ. ސުވަރުގެ ހޯދުމަށް އެދޭނަމަ އޮތީ މާތް ﷲ އެންގެވި ގޮތުގައި ސާބިތުވެ ދެމިތިބުމެވެ.

- އައްޝައިޚް ޔޫސުފް ޙުސައިންގެ ދަރުސަކުން

 

މިއަދު އޮންލައިން