އިމްތިޙާނުގެ ދުވަސްވަރު ކައިރިވާއިރަށް އަޅުގަނޑުގެ ދަރިފުޅަށް ކޮންމެވެސް ބައްޔެއްގައި އުޅެންޖެހެއެވެ! ކުރާނެ ރަނގަޅު ރުޤްޔާއެއް ބުނެދެއްވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އިމްތިޙާނުގެ ދުވަސްވަރު ކައިރިވާއިރަށް އަޅުގަނޑުގެ ދަރިފުޅަށް ކޮންމެވެސް ބައްޔެއްގައި އުޅެންޖެހެއެވެ! ކުރާނެ ރަނގަޅު ރުޤްޔާއެއް ބުނެދެއްވިދާނެތޯ؟

"އިމްތިޙާންގެ ދުވަސްވަރު ކައިރިވިނަމަވެސް އަޅުގަނޑުގެ ދަރިފުޅު ބަލިވުމަކީ ޢާންމުކަމެކެވެ. އަޅުގަނޑުމެންގެ ދަރިފުޅަކީ ޢާންމު ގޮތެއްގައި ޤުރްއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވާ ކުއްޖެކެވެ. މުބާރާތަކަށް ތައްޔާރުވާން މަސައްކަތްފަށާއިރަށް ރޯގާޖެހި އަޑު ބޭރުނުވުން ފަދަ ކަންކަން ދިމާވުމަކީވެސް ހަމަ ޢާންމު ކަމކެވެ. 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިކަންކަން ކުރިމަތިވަނީ ހަސަދަ އާއި އެސްފީނާގެ ސަބަބުންނެވެ. އެކަމުގެ ހެކިވެސް ފެނެއެވެ. އެކަމަކު ދުވަހަކުވެސް އެއްވެސް މީހަކާއި ދިމާއަށް އެއްވެސް އެއްޗެއް ނުބުނަމެވެ. މިޙާލަތުގައި ކުރާނެ ރަނގަޅު ރުޤްޔާއެއް ބުނެދެއްވިދާނެތޯ؟" 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް އެފަދަ ކަމެއްކުރާ މީހަކު ޔަޤީނަށް އެނގޭނަމަ އޭނާ ވުޟޫކުރި ފެނަށް އެދޭށެވެ. އެފެން ދަރިފުޅުގެ ގަޔަށް އަޅާށެވެ. މިއީ ސުންނަތުން ޘާބިތުވާ ކަމެކެވެ. 

ތަކުރާރުކޮށްވެސް ބުނެލަން އޮތީ ޙަސަދަ އާއި އެސްފީނާއިން ސަލާމަތްވުމަށް  ތިރީގައި އެވާ ރުޤްޔާއަށްވުރެ ފައިދާހުރި ރުޤްޔާއެއް އެނގިފައި ނުވާކަމެވެ. 

ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. 

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަލިމަޑުކަމެއްގެ އުނދަގުލެއްވާނަމަ ޖިބުރީލްގެފާނު އެކަލޭގެފާނަށް ރުޤްޔާ ކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވެއެވެ.

((بِاسْمِ اللَّهِ يُبْرِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَشَرِّ كُلِّ ذِى عَيْنٍ)). 

މާނައީ: “މާތް ﷲގެ އިސްމުފުޅުން (ފަށަމެވެ!) ކަލޭގެފާނު ސަލާމަތްކޮށްދެއްވާ ކޮންމެ ބަލިމަޑުކަމަކުން ކަލޭގެފާނަށް ޝިފާލައްވާށިއެވެ! އަދި ޙަސަދަވެރިވާ ހިނދު ޙަސަދަވެރިޔާގެ ނުބައިކަމުންނާއި އަދި ކޮންމެ އެސްފީނަ ވެރިއަކުން ރައްކާތެރިކޮށްދެއްވާށިއެވެ!" [رواه مسلم] 

- އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދު 

(ﷲ ތަޢާލާގެ ޙަޟްރަތުން ގެންނެވި ބަސްފުޅެއް މެނުވީ ޖުބްރީލްގެފާނުު ވިދާޅެއް ނުވާނެ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.)

 

މިއަދު އޮންލައިން