މަރުވެފައިވާ މީހުންނަށްޓަކާ ކުރަން ރަނގަޅު ދުޢާއެއް! ދުޢާކުރުން ހުއްޓާނުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
މަރުވެފައިވާ މީހުންނަށްޓަކާ ކުރަން ރަނގަޅު ދުޢާއެއް! ދުޢާކުރުން ހުއްޓާނުލާ!

ކިތަންމެ ގާތް މީހަކު މަރުވިނަމަވެސް ގިނަ ބައަކަށް އޮންނަނީ ކަށުނަމާދުގައިވެސް ބައިވެރިނުވެވިފައެވެ. އަދި ކަށުނަމާދުގައި ބައިވެރިވެ ދުޢާކުރިނަމަވެސް އެހިސާބުން އޮންނަނީ އޭނާއަށްޓަކައި ދުޢާކުރަން ހަނދާންވެސް ނެތިފައެވެ.  

މަރުވެފައިވާ ހުރިހާ އެކުވެރިންނަށްޓކައި ވަކިވަކިން ކޮންމެ ދުވަހަކު ދުޢާކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް ކޮންމެވެސް އެއް ނަމާދެއްގެފަހުގައި މަރުވެފައިވާ އެންމެންނަށްޓަކައި ޖަމްޢްކޮށް ހެޔޮދުޢާކުރާށެވެ! އަދި ޢިޝާނަމާދުގެ ފަހުން، ނުވަތަ ވިތުރިގެފަހުން ނުވަތަ ދަމުނަމާދުގެ ފަހުން ދުޢާކުރަން އާދަކުރާށެވެ. އެކަމުން ދުޢާކުރާ މީހާއަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

ކަށުނަމާދުގައިވެސް މައްޔިތުންނަށް ކޮށްދޭންވީ ހެޔޮ ދުޢާއެވެ. މައޔިތުންނަށްޓަކައި ދުޢާ ކުރުމަކީ ކަށުނަމާދު ކުރުމަށްފަހު ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. މައްޔިތާއަށްޓަކައި އަބަދާއި އަބަދު އިޚްލާޞްތެރިކަމާއިއެކު ހެޔޮ ދުޢާކޮށް ދިނުމަކީ އޭނާއަށްޓަކައި ކޮށްދެވޭނެ ހެޔޮ ކަންތަކެވެ.   

اللَّهُمَّ اغْفِرْ لحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا " 

O Allah, forgive our neighbors and our dead, and we have seen and absent, our little, 

އަބަދުވެސް ހަނދާން ކުރަންވީ ކޮންމެ މީހަކީވެސް މަރުވާނެ މީހެއް ކަމެވެ. ތިމާވެސް މަރުވާނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން