ޒަވާޖީ ޙަޔާތުގަ މައްސަލަތައް ކުރިމަތިވާނެ! ޙައްލުކޮށް ކެތްތެރިވެލައިފިނަމަ އާޚިރަތް ދުވަހު އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 13ސ
ޒަވާޖީ ޙަޔާތުގަ މައްސަލަތައް ކުރިމަތިވާނެ! ޙައްލުކޮށް ކެތްތެރިވެލައިފިނަމަ އާޚިރަތް ދުވަހު އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ: ޑރ. ޢަލީ ޒާހިރު

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކަށް ބެލިނަމަވެސް ރޯދައިގެ ފުރިހަމަ ޘަވާބު ހޯދަން މަސައްކަތްކުރެވޭނީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ރަނގަޅު ގޮތުގައި އޮވެގެންނެވެ. އެހެންކަމުން ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ. 

ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ޑރ. ޢަލީ ޒާހިރު ދެއްވާފައިވާ މި މުހިންމު ދަރުސް ޝާއިޢު ކުރަން މިފަށަނީ މި ދަރުސްގައި ހުރި ވާހަކަފުޅުތަކުގެ މުހިންމުކަން ބޮޑުކަމުންނެވެ. `

الْحمْدُ لله رَبِّ الْعَالَمِيْن وَالصَّلاَة وَالسَّلاَم عَلَى أشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْن نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأصْحَابِهِ أجْمَعِيْن وَمَنْ تَبِعَهُمْ بِإحْسَانٍ إلَى يَوْمِ الدِّيْن. 

ލޮބްވެތި އަޚުންނާއި އުޚްތުން : السّلام عليكم ورحمة الله وبركاته . 

މިރޭ މިބަރަކާތްތެރި މަޖްލީހުގައި އަޅުގަނޑު ވާހަކަ ދައްކާލަން ޤަސްދު ކޮށްގެން މިއައީ ޒަވާޖީ ޙަޔާތުގެ ކާމިޔާބުގެ ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދައްކާލަން . 

ދުނިޔޭގައި އަޅުގަނޑުމެން ދިރިއުޅެމުންދާއިރުގައި ޒަވާޖީ ޙަޔާތެއް ފެށުމަށްފަހުގައި އެހެން ގޮތަކަށް ދަންނަވާކަމަށްވަނީ ނަމަ ދިރިއުޅުމެއް ކޮޅަށް ޖެހުމަށްފަހުގައި އެއްވެސް މީހަކު އެދިރިއުޅުން ރޫޅިގެންދާކަށް ބޭނުމެއް ނުވާނެ. ކޮންމެމީހަކީ އެމީހާގެ ޒަވާޖީ ޙަޔާތުގެ ދިރިއުޅުމުގައި ހިތްހަމަޖެހުމާއި އުފަލާއި ކާމިޔާބުގެ މަތީގައި ދަތުރުކުރަން ބޭނުން މީހަކަށްވާނެ، އެހެންނަމަވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ ކާމިޔާބު ޙާޞިލްވާނީ އެކަން ޙާޞިލްވާން އޮންނަ މަގުތަކުން ހިގައިގެންކަން. 

ﷲ ތަބާރަކަ ވަތަޢާލާ ދުނިޔޭގައި ކަނޑައަޅުއްވާފައިވާ ޤާނޫނެއް އެއީ ބުރަކޮށް މަސައްކަތްކުރާ މީހާއަށް ކާމިޔާބު ލިބޭ ހިތްވަރާ އެއްކޮށް ކަންކަމުގައި އުޅޭމީހާޔަށް އެކަމުގައި ކުރިއެރުން ލިބިގެންދާނެ. މިކަންކަމުގައި މުސްލިމެއް ކާފިރެއް ތަފާތެއްނޫން. ބުރަ މަސައްކަތާއި އެކަންކަމުގެ ސަބަބުތަކުގައި ހިފަހައްޓައިފި ކަމަށްވަނީނަމަ އެމީހަކަށް ދުނިޔަވީ އުޞޫލުން ކުރިއެރުމާ، ކާމިޔާބާ، އުފާވެރިކަން ލިބިގެންދޭ. 

އަޅުގަނޑުމެން މުސްލިމުންނަކީ ހަމައެކަނި ދުނިޔެއާއި ހަމައިން އަޅުގަނޑުމެންގެ ވިސްނުންނިމޭ ބައެއްނޫން ދުނިޔެއަށް ފަހުގައި އެހެން ޙަޔާތެއްވެސް އެބައޮތް. އަޅުގަނޑުމެންގެ ކާމިޔާބު ގުޅިފައިވަނީ ދެދުނިޔޭގެ ބާއްޖަވެރި ކަމަށް މާތްﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވޭ. 

"مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ" ހެޔޮ ޢަމަލު ކޮށްފިމީހާ މުއުމިނެއްގެ ގޮތުގާ ހުރެގެން ހެޔޮ ޢަމަލު ކޮށްފިއެވެ. ފިރިހެނެއް ކަމަށްވިޔަސް އަދި އަންހެނެއް ކަމަށްވިޔަސް ﷲ ބަޔާންކުރައްވަނީ އެމީހަކަށް އުފާވެރި ދިރިއުޅުން ތިމަން ﷲ ދެއްވަވާހުށީމެވެ. އަދި އުޚްރަވީ ޙަޔާތުގާ އޭނާ އެކުޅަ ހެޔޮ ޢަމަލަށް ވުރެން ހެޔޮޖަޒާ އެމީހަކަށް ދެއްވާހުށީމެވެ. 

އެހެންވީމާ އީމާންކަމަށް ފަހުގައި ހެޔޮ ޢަމަލުކޮށް އެމީހާގެ އުޅުން ރަގަޅުކޮށްފި މީހާޔަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނެކަން ﷲ ވަނީ ބަޔާން ކުރައްވާފަ، އެހެންވީމާ ޒަވާޖީ ޙަޔާތުގެ އުފާވެރި ކަމާ ހިތްހަމަޖެހުން އެދޭމީހާ އޭނަޔަށް އޮތީ އެކަމުގެ ސަބަބުތަކުގައި ހިފެހެއްޓުން.   އެސަބަބުތައް ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާ ގެ ބަސްފުޅުތަކުންނާއި  އަދި އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން ވަރަށް ރަގަޅަށް ފެންނަން ހާމަވާން އެބަހުރި. 

މާތް ނަބިއްޔާ އެކަލޭގެފާނުގެ އެކިއެކި އަނބި އަނބި ކަބަލުންނާ އެކުގައި މުޢާމަލާތްތައް ކުރެއްވި ގޮތާ ބަސްމަގު ބޭނުންކުރެއްވި ގޮތާ އެކިކަހަލަ އުދަގޫ ޙާލަތްތައް އެކަލޭގެފާނު އިންތިޒާމް ކުރެއްވި ގޮތް އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ބޭނުން ތެރި ކަމެއް މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ خَيْرُكُمْ خَيْرُكُمْ لِأَهْلِكَ، وَأنَا خَيْرُكُمْ لِأَهْلِكَ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަނބިންނަށް ހެޔޮ މީހާއެވެ. ތިމަން ކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަހުލަށް އެންމެ ހެޔޮމީހާއެވެ. 

ބޭފުޅުންނޭ ސަބަބުތަކަށް ބަލާލާއިރުގާ ވަރަށްގިނަ ސަބަބުތައް އެބަހުރި އެނުކުތާތަކާދޭތެރޭގާ އަޅުގަނޑުމެން އެއްފަހަރަށްވުރެން ގިނަފަހަރު ވިސްނާ ފިކުރުކުރަންޖެހޭ ސަބަބުތައް އެބަހުރި. އޭރަށް ކާމިޔާބާ ދިމާއަށް ހިތްހަމަ ޖެހުމާ ދިމާއަށް އުފާވެރި ކަމާދިމާއަށް އަޅުގަނޑުމެންނަށް ދެވޭނީ. 

އެގޮތުން ބަލާލާއިރުގާ އެއްކަމަކަށް ނުވަތަ އެންމެމުހިންމު އެއްކަމަކަށް ފާހަގަކުރެވޭ ކަމަކީ އެދެމީހުންނަކީ، އެދެމަފިރިންނަކީ އެދެމީހުންގެ ވެރި ރައްބާ ހައްދަވާ ގެންގުޅުއްވާ އިލާހާ ވަރަށް ގާތް ގުޅުމެއް އުފައްދާފައިވާ ދެމީހުންނަށް ވުން. އެއީ ކާމިޔާބަކީ ، ހިތްހަމަޖެހުމަކީ، ބާއްޖަވެރި ކަމަކީ، އެއީ ގަންނަން ފިހާރައިން ލިބޭ އެއްޗެއްނޫން އެއީ ފައިސާއަކުން ހޯދައިގަނެވޭ އެއްޗެއް ނޫން އެއީ ﷲ ތަބާރަކަ ވަތަޢާލާ އެބަޔަކަށް މިންވަރު ކުރެއްވީމަ އެބަޔަކަށް އިޙްސާސްވާ އެބަޔަކަށް ކަންކަން ހަމަޖެހިގެންދާގޮތް އެއީ ބާއްޖަވެރިކަން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއްވެސް ފިހާރައެއްގާ އެއްވެސް މާރުކޭޓެއްގާ އެއްވެސް ތަނެއްގާ ބާއްޖަވެރިކަން ވިއްކާކަށް ނުހުންނާނެ. 

އަދި ނުނިމޭ 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން