ރޯދައަށް ހުންނައިރު ދުވަސް ދިގުވެ ވަރުބަލިވަނީ ހެއްޔެވެ؟ އެންމެ ފައިދާހުރިމަގުން ރޯދަކުރުކޮށްލަން ވަރަށް ފަސޭހައިން ކުރެވިދާނެ ވަރަށް ފައިދާހުރި ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ރޯދައަށް ހުންނައިރު ދުވަސް ދިގުވެ ވަރުބަލިވަނީ ހެއްޔެވެ؟ އެންމެ ފައިދާހުރިމަގުން ރޯދަކުރުކޮށްލަން ވަރަށް ފަސޭހައިން ކުރެވިދާނެ ވަރަށް ފައިދާހުރި ކަމެއް-

ރޯދަ ހިފައިގެން ތިބޭއިރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއްވެސް އިޙްޞާޞްކުރެވޭނެއެވެ. އިރުއޮއްސެން ގާތްވާވަރަކަށް ވަރުބަލިކަން ބޮޑުވެސްވާނެއެވެ. އެހެންކަމުން ރޯދަވީއްލަން ގާތްވެގެން އަންނައިރު ގިނަބައަކަށް ވަރަށް ވަގުތު ދިގުވާހެން ހީވެދާނެއެވެ.

ވަރުބަލިކަން އިޙްޞާޞްކުރެވުނަސް ހިފިރޯދައިގެ ޘަވާބަށް އުނިކަން އަންނަފަދަ ޓީވީ ޕްރޮގްރާމްތައް ނުބަލާށެވެ! މާނައަކީ ﷲ ތަޢާލާ ހުއްދަދެއްވަވާފައިވާ އިންތަކުގެ ބޭރުން މަންޒަރުދައްކާ ޓީވީ ޕްރޮގްރާމަތައް ނުބެލުމެވެ.   

ހަވީރުވުމުން ނުވަތަ އިރުއޮއްސެން ކައިރިވުމުން ހިތްވަރުކޮށްލައިގެން 10 މިނިޓްތެރޭ 10 އަޅުން މިނިވަންކުރާށެވެ! މާނައަކީ 10 އަޅުން މިނިވަންކުރިކަމުގެ ޘަވާބު ލިބިގަންނާށެވެ! ތިބާގެ ފަތުގައި 100 ހެޔޮކަން ލިޔުއްވަވައި ފާފައިގެ ފަތުން 100 ފާފަ ފުއްސަވައިލައްވަވަން ފުރުޞަތު ހޯދާށެވެ. ހަމަ ވަރަށް ކުޑަކުޑަ ޢަމަލަކުންނެވެ. 

 100ފަހަރު ކިޔައިގެން 10 އަޅުން މިނިވަންކުރުމުގެ ޘަވާބު ލިބޭ 100 ހެޔޮކަން ލިބޭ 100 ފާފަ ފުހެވޭ: 

لَا إِلَهَ إِلَّا اللهُ, وَحْدَهُ لَا شَرِيكَ لَهُ, لَهُ المُلْكُ وَلَهُ الْحَمْدُ, وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ 

"الله މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން