މައިން ބަފައިންނަށް ހެޔޮކޮށް ހިތަންވީ ކިހާމިންވަރަކަށްކަން ގިނަ ބައަކަށް ވަނީ އޮޅިފައެވެ.
ތިރީގައިވާ ޙަދީޘްފުޅަށް ބައްލަވާށެވެ. ﷲ ތަޢާލާ ފަރުޟު ކުރެއްވެވި 5 ނަމާދަށްފަހު އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ ކުރިއަށްވެސް އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.
އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ.
ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާމެދު ނަބިއްޔާ ﷺ އާ ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«الصَّلاَةُ عَلَى وَقْتِهَا»
މާނައީ: "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ."
ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«ثُمَّ بِرُّ الوَالِدَيْنِ»
މާނައީ: "އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ."
ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«الجِهَادُ فِي سَبِيلِ اللَّهِ»
މާނައީ: "ﷲ ގެ މަގުގައި ޖިހާދުކުރުމެވެ."
[رواه البخاري (527)]A
ޙަދީޘް: --ޝައިޚް އިމްރާން މުޙައްމަދު ޢަލީ