ރަމަޟާން މަހާއިއެކު ދަމުނަމާދުކުރާ މީހުން ގިނަވެއެވެ. އަދި ދަމުނަމާދު ނިމިގެން ފަތިސްނަމާދަށް އިންތިޒާރުކުރާ މީހުންވެސް ގިނަވެއެވެ. އެވަޤުތުތަކުގައި ޛިކުރުކޮށް ދުޢާކުރާ މީހުންވެސް ގިނަވެއެވެ.
ތިރީގައި އެވަނީ ބައެއް މީހުން ކުރާ ސުވާލެކެވެ.
ސުވާލު:. ދަމުނަމާދަށް ފަހު ރައްބަނާ ދުޢާތައް ކޮންމެ ރެއަކު ކިއުމަކީ ކުރަން ރަނގަޅު ކަމެއްތޯ؟ އެއީ ބިދުޢަ އަކަށްވެދާނެތޯ؟
ޖަވާބު:. ދަމުނަމާދަށްފަހު ރައްބަނާ ދުޢާތައް ކިޔުމަކީ ބިދުޢައެއް ނޫނެވެ. އެއީ ހަމަ ދުޢާތަކު ތެރޭގައި ހިމެނޭދުއާ ތަކެކެކެވެ. އެއީ ރައްބަނާ އިން ފެށިފައިހުރި ދުޢާތަކެވެ. އެހެންވީމާ އެ ދުޢާ ކިޔުމަކީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް ކޮންމެހެން އެގަޑީގައި ކިޔަންޖެހޭ ދުޢާތަކެއްކަމަށް ޤަބޫލުކޮށްގެން ކިޔާ ކަމަށްވަނީނަމަ އެހިސާބުން މައްސަލަނުކުތުން އެއީ އެކަށީގެންވާ ކަމެކެވެ.
ސ. ޚަތިމް ކުރާއިރު ޟުހާ ސޫރަތުގެ ފަހަތަށް ހުރި ސޫރަތް ކިޔަވާ ނިމުނީމައި ތަކްބީރު ކިޔަން ޖެހޭނެތޯ؟
ޖ. ލާޒިމް ކަމެއް ނޫން އެއީކީ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް