ތިމާއަށް ޙާޞިލުނުކުރެވި ހުރި ކަންކަމަށް ކޮންމެ ދުވަހަކު ވިސްނައި ހިތާމަކުރުމަށްވުރެ މިބުނާ ކަންކަމަށް ބެލުމުން ކުރާނެ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިމާއަށް ޙާޞިލުނުކުރެވި ހުރި ކަންކަމަށް ކޮންމެ ދުވަހަކު ވިސްނައި ހިތާމަކުރުމަށްވުރެ މިބުނާ ކަންކަމަށް ބެލުމުން ކުރާނެ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

ފިނިމޫސުން އައުމުން ނުވަތަ ވިއްސާރަވެ ހީކެރުވުމުން އަހަރެމެން ބޯފޭރަންލައި މުޅި ހަށިގަނޑު ނިވާކުރަމުއެވެ. ފިނިމޫސުމުގެ މުޞީބާތުން ސަލާމަތްވެވުމާއިއެކު ފޭރާން ބާލައި އުކާލަމުއެވެ. އެހިސާބުން ބަދަލުވެގެންދަނީ ޙަދީޘްފުޅުގައިވާފަދައިން ފޭރާންލައިގެން އެހެނަސް ނިވާނުވެ ތިބޭ ބައަކަށެވެ.

މީސްތަކުންނޭވެ! މުޞީބާތެއްގައި އުޅޭނަމަ އަހަރެމެންގެ ތެރެއިން ގިނަބައަކު އެމީހުންގެ ތަޤްވާވެރިކަން އިތުރުކުރެއެވެ. މުޞިބާތް ފިލާއިރަށް ކުރިއަށްވުރެ ޢަމަލުތައް ނުބައިވެގެންދެއެވެ. މިފަދަ މީހުން ދުނިޔޭގައި އުޅޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުން ދުނިޔޭގައި އުޅޭނެކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެހެން ކުރަން ޖެހޭނެ އެއް ކަމަކީ ނިދުމުގެ ކުރިން ތިމާއަށް އެދުވަހު ކުރެވުނު ފާފަތައް ދެނެގަތުމެވެ. އެއިގެ ތެރޭގައި ނަމާދެއް ނުކުރެވިވޭތޯ އާއި ޖަމާއަތުގެ ނަމާދަށް ނުދެވުނުތޯވެސް ބަލަންވާނެއެވެ. މީހަކަށް ދެރައެއް ދެވުނުތޯ އާއި މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއް ބުނެވުނުތޯވެސް ބަލަންވާނެއެވެ.

ހަމައެއާއިއެކު އަނބިން/ފިރިން ދަރިން އަދި ޢާއިލާގެ ޒިންމާ އަދާކުރެވުނުތޯވެސް ބަލަންވާނެއެވެ. މިފަދަ އެއްވެސް ކަމެއް ނުކުރެވިވާނަމަ އެއިގެ މާނައަކީ ޝައިޠޯނާ ތިބާގެ މައްޗަށް ގަދަވެގެންފައި އޮތުމެވެ. މިއަދު ކުރެވުނު އެއްވެސް އުނިކަމެއް މާދަމާ ނުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

ވިސްނާށެވެ! ހަމަ ކޮންމެ ދުވަހަކީވެސް ޝައިޠޯނާ، އޭތީގެ ހަމަލާތައް އަމާޒުކުރާނެ ދުވަހެކެވެ. އެއްދުވަހު ކާމިޔާބުނުކުރެވުނު ކަންކަން އެހެން "އެޕްރޯޗަކުން" މާދަމާ ކާމިޔާބުކުރަން މަސައްކަތްކުރާނެއެވެ! އަހަރެމެންނަށް އޮތީ ސަމާލުވެގެން ތިބުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން