ޢިއްދައިގެ މުއްދަތުގައި އަނބިމީހާ ބެލެހެއްޓުމާ ޚަރަދުކުރުމަކީ އިޚްތިޔާރީ ކަމެއް ނޫން! ﷲ ގެ އަމުރުފުޅެއް! ޢަމަލުކުރުމުން ޘަވާބު، ޢަމަލުނުކުރުމުން ޢަޛާބް ދެއްވަވާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޢިއްދައިގެ މުއްދަތުގައި އަނބިމީހާ ބެލެހެއްޓުމާ ޚަރަދުކުރުމަކީ އިޚްތިޔާރީ ކަމެއް ނޫން! ﷲ ގެ އަމުރުފުޅެއް! ޢަމަލުކުރުމުން ޘަވާބު، ޢަމަލުނުކުރުމުން ޢަޛާބް ދެއްވަވާނެ ކަމެއް!: މުފްތީ މެންކް

ކައިވެނި ރޫޅުނަސް އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަންޖެހޭނެއެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމަ އެއީ ވާޖިބެކެވެ. އިޚްތިޔާރީ ކަމެއް ނޫނެވެ. ވަރިކުރުމަށްފަހު އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަކީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަމުރުފުޅުކުރައްވަވާފައިވާ ކަމެކެވެ.

ވީމާ އެއީ އިޚްތިޔާރީ ކަމަކަށް ނުހެދޭނެއެވެ! ތިބާ ބޭނުން ނުވިނަމަވެސް ޖެހޭނީ ހަމަ ޚަރަދުކުރާށެވެ! އެއީ އެކަންކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ޚަރަދުނުކުރުމަކީ ﷲ ތަޢަލާގެ އަމުރުފުޅަކަށް އިންކާރުކޮށް ދެކޮޅުހެދުމެވެ. އެކަންވާނީ ކުރެވޭ ފާފައަކަށެވެ.

ކައިވެނީގެ ރަން ނުދިނުމަކީ އަދި ވަރިކޮށްފިނަމަ ޢިއްދައިގެ ޚަރަދުނުދިނުމަކީ އަދި ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ނުކުރުމަކީ އެމީހެއްގެ ދިރުއުޅުމުގައި (ޢުމުރުން ބާކީ އޮތް ދުވަސްތަކުގައި ބަރަކާތް ނުލައްވަވައިފާނެ ކަމެކެވެ.

ތަނަވަސްކަން ހުރިނަމަ އިތުރަށްވެސް ދޭށެވެ. އެއީ އެކަމުން އެމީހަކަށް ފައިދާކުރާނެ ކަމެކެވެ. އެއީ ކީރިތި ޤުރްއާނުން އެނގެން އޮތް ކަމެކެވެ. އެހެނީ އެކަން އެކުރަނީ އޭނާގެ ރަނގަޅުކަމުން ކަމުގައިވާތީއެވެ.

ހަނދާންކުރާށެވެ! ތިބާއަށް ތަނަވަސްކަން ދެއްވެވީ ﷲ ތަޢާލާއެވެ. އެކަލާނގެ ރަހްމަތްފުޅުންނެވެ. ވީމާ ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ ތަނަވަސްކަމުން ރަނގަޅު ގޮތުގައި ހޭދަކުރާށެވެ! އެކަމަސް ބަރަކާތް ލައްވަވާނެތެވެ.

އަތުގައި ތަނަވަސްކަން ނެތްނަމަވެސް ޚަރަދުކުރަން ދެކޮޅު ނުހަދާށެވެ! ލިބޭ މިންވަރަކުން ދަރަނި އަދާކުރާނެ ކަމަށް ބުނާށެވެ. ޢިއްދައިގެ މުއްދަތުގައި ޚަދުކުރުމަކީ އަޅުކަމެކެވެ. ވީމާ އެކަމުގެ ޘަވާބު ލިބިގަންނާށެވެ!

ދަރިން ލިބިފައިނުވާނަމަ ވަރިކުރުމަށްފަހު ކުރަންޖެހޭ ޚަރަދުތައް ކުޑަވާނެއެވެ. އެއީ ހަމައެކަނި ޢިއްދައިގެ މުއްދަތުގައި އޭނާއަށް އަޅާލައި ޚަރަދުތައް ބެލެހެއްޓުން ކަމުގައިވާތީއެވެ. ނަމަވެސް ދަރިން ތިބިނަމަ އެއީ ދަރިން ބޮޑެތިވަންދެން ބަލަހައްޓަންޖެހޭނެ ޚަރަދުތަކެކެވެ.

ވަރިކުރުމަށްފަހު އަނބިމިހާއަށް ޚަރަދުނުކޮށް ހުރުން ހުއްދަވެގެންވަނީ ވަރަށް މަދު ޙާލަތެއްގައެވެ. އެއީ އަމިއްލައަށް ކަނޑައެޅޭނެ ޙާލަތެއް ނޫނެވެ. އެކަން ކަނޑައެޅޭނީ ޝަރުޢީ ކޯތަކުންނެވެ. ކޯޓެއް ނެތްނަމަ މުސްލިމް ޢިލްމްވެރިންނަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން