ޚުޠުބާ: "ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަޙްރޫމްވެއްޖެކަން ކަށަވަރެވެ.": ޙަދީޘް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޚުޠުބާ: "ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަޙްރޫމްވެއްޖެކަން ކަށަވަރެވެ.": ޙަދީޘް

رَمَضَان މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެވެ. قُرْآن ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރެވެ. ހިދާޔަތުގެ މައްސަރެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ---- މާނައީ: رَمَضَان މަހަކީ، އެމަހެއްގައި قُرْآن ބާވައިލެއްވި މަހެވެ. (އެ قُرْآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هِدَايَة އާއި حَقّ އާއި بَاطِلُ ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."

أَبُوْ هُرَيْرَةَ رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ رَمَضَان މަހަށް ހަނދު ބެލުމުން އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އެމަހަށް މަރްޙަބާ ދަންނަވައި އެބޭކަލުންނަށް  އުފާވެރި ޚަބަރު ދެއްވައި ޙަދީޘްކުރައްވައެވެ. 

"ތިޔަބޭކަލުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ. اللهُ سُبْحَانَهُ وَتَعَالَى ވަނީ އެމަހުގައި ރޯދަ ހިފުން ފަރްޟެއްކަމުގައި ލައްވަވާފައެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެތެވެ. އަދި  ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެތެވެ. އަދި އެމަހުގައި ޝައިޠާނުންގެ މާރިދުން ކަސްތަޅު އެޅުވޭނެތެވެ. އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަޙްރޫމްވެއްޖެކަން ކަށަވަރެވެ." 

ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވެއެވެ. ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދެއެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ. ރަސޫލު الله z ޙަދީޘްކުރައްވާފައި ވެއެވެ. (اَلصَّوْمُ نِصْفُ الصَّبْرِ)[1] މާނައީ: "ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ."

[1] الترغيب في فضائل الأعمال وثواب ذلك لابن شاهين (ص: 89).

 

މިއަދު އޮންލައިން