ދުނިޔަވީ ޢިލްމް ޙާޞިލްކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެމީހަކު ކުރަން ބޭނުން ކޮންމެ މަސައްކަތަކާއި ގުޅުންހުރި ޢިލްމްވެސް ޙާޞިލްކުރަންވީއެވެ. އަދި އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ދަރިން ކުރިއަށްދާން ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭންވީއެވެ.
ވިސްނައިލަންވީ ޝައިޚްގެ މިބަސްފުޅަށެވެ.
ކޮންމެ މީހަކީވެސް ފައިދާހުރި ޢިލްމް އުނގެނެން މަސައްކަތްކުރުން ވާޖިބުވާނެ މީހެކެވެ. އެގޮތުން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ﷲ ތަޢާލާ އާއި އަދި އިސްލާމް ދީނާއި ގުޅުންހުރި ޢިލްމްތަކެވެ. އެޢިލްމްތައް ޙާޞިލް ނުކުރާނަމަ އެމީހަކާއި ﷲ ތަޢާލާ ސުވާލު ކުރައްވަވާނެއެވެ.
ނަމާދުކުރުން ކަމަށް ބެލިނަމަވެސް ޤުރްއާން ކިޔެވުން ކަމަށް ބެލިނަމަވެސް އަދި ދުޢާކުރުނކަމަށް ބެލިނަމަވެސް ދީނާއި ގުޅުންހުރި ކޮންމެ ކަމެއްވެސް ކުރެވެން އޮތީ ހަމަ އެކަމުގެ ޢިލމްއުނގެނިގެންނެވެ. ވީމާ ދީނުގެ ޢިލްމް އުނގެނެން މަސައްކަތްނުކޮށް ތިބެން ހެޔޮނުވާނެއެވެ. އެއީ ކުރިން މި ބަޔާންކުރި ފަދައިން ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމަކަށްވާތީއެވެ.
- الشيخ فضلون محمد (حفظه الله)