ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާގެ ކިބައިން ފެންނާނެ 4 ސިފައެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާގެ ކިބައިން ފެންނާނެ 4 ސިފައެއް-

عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: «مَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ؛ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ.

وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ؛ فَلْيُكْرِمْ جَارَهُ.

وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ؛ فَلْيُكْرِمْ ضَيْفَهُ».

[رَوَاهُ البُخَارِيُّ وَمُسْلِمٌ] 

މާނައީ: އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާ ހެޔޮބަސް ބުނާށެވެ. ނޫންނަމަ، ހަނުހުންނާށެވެ. އަދި ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާގެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތާށެވެ. އަދި ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާގެ މެހެމާނުންނަށް ހެޔޮކޮށް ހިތާށެވެ." 

މިޙަދީޘްފުޅުން އެނގިގެންދާ 4 ސިފައަކީ:

1 ހެޔޮބަސް ބުނަންޖެހޭކަމެވެ. (ނުބައި ބަސްތައް ބުނެގެން ނުވާނެކަމެވެ.)

2 ހެޔޮ ބަހެއް ބުނެވެން ނެތް ޙާލަތުގައި އޮތީ ބަހެއް ނުބުނެ ހަނުހުރުންކަމެވެ.

3 އަވަށްޓެރިންނަށް ހެޔޮކޮށް ހިތަންޖެހޭނެ ކަމެވެ.

4 މެހްމާނުންނަށް ހެޔޮކޮށް ހިތަންޖެހޭނެ ކަމެވެ. 

މިއިން ކޮންމެ ކަމަކީވެސް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެ ކަންކަމެވެ. ހެޔޮ ޢަމަލުތައް ކުރުން އޮތީ ހަަމއެކަނި ރަމަޟާން މަހުގައެއް ނޫނެވެ. ހުރިހާ މައްސަރުތަކުގައެވެ. ހުރިހާ ދުވަހަކުއެވެ. ރަމަޟާން މަހު ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުތައް ކުރުން އިތުރުކުރަން މަސައްކަތް ކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން