އެމީހެއްގެ މައިންބަފައިން ނުވަތަ އެއިން އެކަކާ ބައްދަލުވެ \އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން\ އެމީހަކަށް ސުވަރުގެ ނުވަދެވުނު މީހާ ގެއްލި ހަލާކުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެމީހެއްގެ މައިންބަފައިން ނުވަތަ އެއިން އެކަކާ ބައްދަލުވެ \އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން\ އެމީހަކަށް ސުވަރުގެ ނުވަދެވުނު މީހާ ގެއްލި ހަލާކުވެއްޖެ!

މައިންބަފައިން ނުވަތަ އެކަނުން އެކަކުނަމަވެސް ދުނިޔޭގައި ހުރެ މުސްކުޅިވާދުވަހު ދަރިން އެމީހުން ނުބެލުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ!  

ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެމީހަކު "ގެއްލި ނިކަމެތިވެ ހަލާކުވެއްޖެ" ކަމަށް ވިދިވިދިގެން 3 ފަހަރު ޙަދީޘްފުޅުކުރައްވަވައިފައެވެ. އަދި އެއީ އެމީހާއަށް ސުަވރުގެ ނުވަދެވިދާނެ ޢަމަލެއް ކަމަށްވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ތިރީގައިވާ ޙަދީޘްފުޅު ބައްލަވާށެވެ!  

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ކޮށޭ މަގެކެވެ. 

ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. 

«رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ»، قِيلَ: مَنْ؟ يَا رَسُولَ اللهِ قَالَ: «مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلِ الْجَنَّةَ» [رواه مسلم 9 - (2551)]

މާނައީ: “އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ."

އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ.

"އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެ މީހުން ނުވަތަ އެއިން އެކަކާ ބައްދަލުވެ (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ."

- ޙަދިޘްފުޅާއި މާނަ: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން