މައުލޫމާތު ހޯދަން ގޫގްލްސް ސާޗްކުރާ އުޞޫލުން ސިހުރުވެރިންގެ ގާތަށްދާ މީހުން އެތިބެނީ ޝިރުކުރު ކުރުންމަތީގަ! އެމީހުން ގެންގުޅޭ ޖިންނި ފިތުނަ އުފެއްދުން ނޫންކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
މައުލޫމާތު ހޯދަން ގޫގްލްސް ސާޗްކުރާ އުޞޫލުން ސިހުރުވެރިންގެ ގާތަށްދާ މީހުން އެތިބެނީ ޝިރުކުރު ކުރުންމަތީގަ! އެމީހުން ގެންގުޅޭ ޖިންނި ފިތުނަ އުފެއްދުން ނޫންކަމެއް ނުކުރާނެ!

އަޅުގަނޑުގެ މައިދައަކީ ކަންކަމުގެ މައުލޫމާތުހޯދަން ގޫގްލްސް ސާޗްކުރާ އުޞޫލުން ގޭތެރޭގައި ކިރިޔާ ކަމެއްވާއިރަށް އޭނާ ރައްޓއެހި ސިޙުރުވެރިއެއްގެ ގާތަށްދާ އަންހެނެކެވެ. އެސިޙުރުވެރިޔާގެ ބަސް ޤަބޫލުކުރަން ހަދައިގެން މައިދައިތައަށް ރަނގަޅު ހަމައެކަކުވެސް ގޭގައި އުޅޭ ކަމަކަށް ނުވެއެވެ. ކޮންމެ ދަރިއެއްގެ ބޮލުގައިވެސް އޮންނަނީ ކޮންމެވެސް ތުހުމަތުތަކެއް އަޅުވައިފައެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. ބަފައިބެ ބޮލުގައިވެސް އެތައް ކަމެއް އަޅުވައެވެ. 

އެކަންކަމުގެ ސަބަބުން ގޭތެރޭގައި އަބަދުހެން އޮންނަނީ ހާސްކަމެވެ. ކަންބޮޑުވުމެވެ. ހިނިތުންވެ ވާހަކަދައްކައިލެވޭކަށް ނުއޮވެއެވެ. މިކަމަށް ޙައްލެއް ބުނެދެއްވަފާނަންތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް މައިދައިތައަށް އެހުރެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ސަބަބަކީ ސިޙުރުވެރިއެއްގެ ބަސް ޤަބޫލުކުރީމާ އޭނާގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުނުކުރައްވަވާނެ ކަމަށް ޙަދީޘްގައި އޮވެއެވެ. ދެވަނަ ކަމަކަށް ސިޙުރުވެރިޔާއަށް ޣއިބު އެނގޭކަމަށް ޤަބޫލުކުރުން ހިމެނިގެންދާނީ ޝިރުކުކުރުމުގެ ތެރެއިންނެވެ. އެކަންކަން އޭނާއަށް ވިސްނައިދޭން މަސައްކަތްކުރާށެވެ! އަދި ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ޢާއިލާތެރޭގައި ކިރިޔާ ކަމެއް ހިނގިނަމަވެސް ބައެއް މީހުން އަވަސްވެގަންނަނީ ކޮންމެ ސިހުރިވެރިއެއްގެ ގާތަށް ދިއުމަށެވެ. ނޫނީ ފާލުބަލާ މީހެއްގެ ގާތަށް ދިއުމަށެވެ. ގޮސް މިވެނި އެވެނި ކަމެއް ކުރީ ކާކުތޯ އެބަ ސުވާލު ކުރެއެވެ. ހަމަ ސުވާލުކުރާއިރަށް އެކަންކުރީ މިވެނި އެވެނި ސިފައަކަށް ހުންނަ މީހަކު ކަމަށް އެބަ ބުނެއެވެ. 

އެސިފަތައް ކިޔައިދެނީ ސިހުރުވެރިޔާ އާއި ގުޅިފައިވާ ޖިންނިއެވެ. ޖިންނި އެކިޔައިދެނީ ތެދަކަށް ނޫނެވެ. ޖިންނި އަށް އޭނާގެ ޢާއިލާގެ މީހުން އެނގޭތީ އާއި ޢާއިލާގެ ތެރޭގައި ހިނގާ ފިތުނަތައް އެނގޭތީ އެ ފިތުނަތައް އިތުރަށް ހޫނުކުރުވަން ދޮގުހަދަނީއެވެ. 

ޖިންނިއަކަށްވުމަކީ މީހަކު ކުރާ ހުރިހާ ކަންކަން އެނގޭނެ ސަބަބެއް ނޫނެވެ. ނަމަވެސް ޖިންނިންނަށް ބައެއްކަންކަން ކޮންމެވެސް ވަރަށް އޮޅުންފިލުވިދާނެއެވެ. އެހެނީ ކޮންމެ މީހަކާއިއެކުގައިވެސް ޝައިޠޯނެއްވެއެވެ. ވީމާ އެ ޝައިޠޯނާގެ ކިބައިން އަހައިގެން ބައެއްކަންކަން  އޮޅުންފިލުވިދާނެއެވެ. ނަމަވެސް އެ ސިހުރުވެރިޔާ އާއި ގުޅިފައިވާ ޖިންނި ހަދަނީ ތެދުކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވީމާ ސިހުރުވެރިން ދައްކާ މިބާވަތުގެ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ. 

މިއީ އަހަރެން ވަރަށް ގިނައިން ދޭ ނަޞޭޙަތެކެވެ. މި ނަޞޭޙަތް މިހާ ގިނައިން ދޭންޖެހެނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ ސިހުރިވެރިންގެ ހަދާ ދޮގުތައް އެއީ ތެދުކަމަށް ޤަބޫލުކުރެވި ޢާއިލާގެ ތެރޭގައި ފިތުނަވެރިކަން އުފެދޭތީއެވެ. ކައިވެނިތައް ރޫޅޭތީއެވެ. ހެޔޮ އެދޭ މައިދައިތައިންނާއި ޅިޔަން ފަހަރިންނަކީ ހަތުރުން ކަމުގައި ޤަބޫލުކުރެވޭތީއެވެ. ރަޙިމުގެ ގުޅުން ކަނޑައި އެކަކު އަނެކަކަށް މޫނު ދިމާނުކޮށް ތިބޭތީއެވެ. 

ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެހެންވެ އާދޭސްކޮށްފައި ބުނަމެވެ. އެއްވެސް މީހަކާއިމެދު ހިތުގައި އެއްވެސް މިންވަރަކަށް ޙަސަދަވެރިކަން ނުބާއްވާށެވެ. ފަހަރެއްގައި މީހަކު ތިބާއަށް ދެރަކޮށް ކަމެއްކޮށްފައިވެސް އޮވެދާނެއެވެ. އެކަމަށް ކަންބޮޑުނުވެ ﷲ ތަޢާލާއަށް ވަކީލްކޮށްލާފައި އެމީހަކަށް މާފުކޮށް ޙިތް ޙަލާލުކޮށްލާށެވެ. އެއިރުން ތިބާއަށް އެކަލާނގެ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. 

ޔަޤިންކުރަންވީ ކަމަކީ ދުނިޔޭގެ އެންމެން އެކުވެގެން ތިބާއަށް ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް މިންވަރުފުލުގައި ނުވާ ކަމެއް ނުކުރެވޭނެ ކަމެވެ. ވީމާ ބުއްދިވެރިންގެ ގޮތަކަށްވާންޖެހޭނީ އެހެން މީހަކު ކޮށްފާެ ކަމަކަށް ކަންބޮޑު ނުވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގާއި ރައްކައުތެރިކަން އެދިއެދި ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން