ރޯދައިގެ ބައެއް ފައިދާ

ކިޔުމަށް ހޭދަވާނީ 5މ 47ސ
ރޯދައިގެ ބައެއް ފައިދާ

ޢާއިޝަތު ރަފާޙް ޢަލީ

ﷲ ތަޢާލާ ރަމަޟާން މަހުގެ ރޯދަ އަޅުގަނޑުމެންނަށް ވަނީ ފަރްޟުކުރައްވާފައެވެ. ރޯދަ އަކީ އިސްލާމްދީނުގެ ހަތަރުވަނަ ރުކުނެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾‏

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (183) 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

( بني الإسلام على خمس : شهادة أن لا إله إلا الله ، وأن محمدا رسول الله ، وإقام الصلاة ، وإيتاء الزكاة ، وحج البيت ، وصوم رمضان )

މާނައީ: "އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި ޙައްޖުވުމާއި، ރަމަޟާން މަހު ރޯދަ ހިފުމެވެ." 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘު ކުރައްވާފައިވެއެވެ. 

- إذا كان أولُ ليلةٍ من شهرِ رمضانَ صُفِّدَتِ الشياطينُ ومَرَدةُ الجنِّ ، وغُلِّقتْ أبوابُ النارِ فلم يُفتحْ منها بابٌ ، وفُتِّحَتْ أبوابُ الجنةِ فلم يُغلقْ منها بابٌ ، ويُنادي منادٍ كلَّ ليلةٍ : يا باغيَ الخيرِ أقبلْ ، ويا باغيَ الشرِّ أقْصرْ ، وللهِ عتقاءُ من النارِ ، وذلك كلَّ ليلةٍ

މާނައީ: ރަމަޟާން މަހުގެ ފުރަތަމަ ރޭ ވާހިނދު، ޝައިޡާނުންނާއި ނުލަފާ ޖިންނީންތައް ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވެއެވެ. ފަހެ އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދެއެވެ. ފަހެ އެއިން އެއްވެސް ދޮރުކޮޅެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ނިދާ އިއްވަވާ ބޭކަލަކު ނިދާ އިއްވަވާނެއެވެ. އޭ ހެޔޮ ކަންތައްތަކަށް އެދޭ މީހާއެވެ. ހެޔޮ ކަންކަމާ ކުރިމަތިލާށެވެ. އަދި އޭ ނުބައި ކަންތައްތަކަށް އެދޭ މީހާއެވެ. ނުބައި ކަންތައްތައް ކުރުން ހުއްޓާލާށެވެ. އަދި ﷲ ތަޢާލާ ނަރަކައިން މިނިވަންކޮށް މިންޖުކުރައްވާ ބަޔަކުވެއެވެ. އަދި އެއީ އެމައްސަރުގެ ކޮންމެ ރެއަކުއެވެ. 


ރަަމަޟާން މަހުގެ މާތްކަމާއި ގުޅޭ ޙަދީޘެއް 

مَن صامَ رَمَضانَ إيمانًا واحْتِسابًا غُفِرَ له ما تَقَدَّمَ مِن ذَنْبِهِ، ومَن قامَ لَيْلَةَ القَدْرِ إيمانًا واحْتِسابًا غُفِرَ له ما تَقَدَّمَ مِن ذَنْبِهِ.

މާނައީ: އީމާނާއި، އިޙްތިސާބާއެކު ރަމަޟާން މަހު ރޯދަ ހިފައިފި މީހެއްގެ އިސްވެދިޔަހާ ފާފައެއް ފުއްސަވާ ދެއްވާނެއެވެ. ރަމަޟާން މަހުގައި އީމާނާއި އިޙްތިސާބާއެކު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ފާފައެއް ފުއްސަވައި ދެއްވާނެއެވެ.  

ރޯދައިގެ ބައެއް ފައިދާތައް

·      ރޯދައިގެ ސަބަބުން ﷲ ތަޢާލާ އާއި އެމީހަކާ ކައިރިކޮށްދޭ

·      ރޯދަ ހިފަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށާއި ސުވަރުގެ ޙާސިލުކުރުމަށް

·      ރޯދަ ހިފާއިރު ﷲ ތަޢާލާއަށް ތަޤްވާވެރިވާންޖެހޭ

·      ރޯދަ ހިފާއިރު ފާފަތަކާއި ނުބައި ކަންކަމުން ދުރުވާންޖެހޭ

·      ރޯދަ ހިފުމުގެ ސަބަބުން ކެތްތެރިކަން ދަސްވޭ

·      ރޯދަ ހިފުމުގެ ސަބަބުން އަޅުކަންތަކާއި ގާތްވެގެންދޭ

·      ރޯދަ ހިފާއިރު އަމިއްލަ ނަފްސުގެ މައްޗަށް ގެނެސް ނުައި ކަމުން ދުރުވާންޖެހޭ

މިއަދު އޮންލައިން