ތަކުރާރުކޮށް ގިނަގިނައިން ކުރަންޖެހޭ ދުޢާތަކުގެ ތެރެއިން 3 ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ތަކުރާރުކޮށް ގިނަގިނައިން ކުރަންޖެހޭ ދުޢާތަކުގެ ތެރެއިން 3 ދުޢާއެއް-

(اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ) 

[أخرجه مسلم 96 – (2739)] 

މާނައީ: ” އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ." 

(اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ)

[مسلم 17 – 2654] 

މާނައީ: "އޭ ﷲ! ހިތްތައް ފުރޮޅުއްވާ އިލާހު! އިބަ ﷲގެ ކިޔަމަންތެރިކަމާއިދިމާޔަށް އަޅަމެންގެ ހިތްތައް  ފުރޮޅުއްވާނދޭވެ." 

(يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)

[الترمذي  وأحمد] 

މާނައީ: "ހިތްތައް ބަދަލުކުރައްވާ އިލާހު! އިބަ ﷲގެ ދީންމަތީގައި މިއަޅާގެ ހިތް ސާބިތުކުރައްވާނދޭވެ." 

- މަސްދަރު: ދިސަލަފިއްޔާ

 

 

 

މިއަދު އޮންލައިން