ކޮށާރުން!: ކޮލޮސްޓްރޯލް، ބީޕީ، ހުޅުތަކުގަ ރިއްސުން ފަދަ، ބޭހުން ޝިފާ ލިބުން އުނދަގޫ ވަރަށް ގިނަ ބަލިތަކަށް ޝިފާ ލިބޭ އިނގުރުފެން ތައްޔާރުކުރަންވެސް ވަރަށް ފަސޭހަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޮށާރުން!: ކޮލޮސްޓްރޯލް، ބީޕީ، ހުޅުތަކުގަ ރިއްސުން ފަދަ، ބޭހުން ޝިފާ ލިބުން އުނދަގޫ ވަރަށް ގިނަ ބަލިތަކަށް ޝިފާ ލިބޭ އިނގުރުފެން ތައްޔާރުކުރަންވެސް ވަރަށް ފަސޭހަ! އިން ޝާ ﷲ

ބޭނުންވާތަކެތި:  

7 ފޮތި އިނގުރު (ފަލަ އިނގުރު ކޮޅަކުން މެދުމިނުގަ ކޮށާފަހުރި)

ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ލުނބޯ ހުތް

ދޮޅު ލިޓަރު ފެން

 

ތައްޔާރުކުރާނެ ގޮތް: 

ފުރަތަމަ ކަމަކަށް ފެންފޮދު 10 މިނިޓް ވަންދެން ކައްކާށެވެ. އިނގުރުކޮޅު އަޅާލައި 15 ވަރަކަށް މިނިޓްވަންދެން މަޑުގިނީގައި ކައްކާލުމަށްފަހު ބާލައި ފެންފޮދު ހިހޫކޮށްލުމަށްފަހު ފުރާނާލައި އެއިގެ ތެރެއަށް ލުބޯހުތް އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ.

 

ލިބޭނެ ފައިދާތައް:  

ބަނޑާއި ފައިގެ ފަލަމަސްގަނޑާ ފޫކޮޅުގެ މަސްގަނޑުން ސަރުބީވިރުން، ހުޅުތަކުގައި ރިއްސުމުން ސަލާމަތްވުން، ކޮލޮސްޓްރޯލް ލެވެވެލް މަތިނުވުން، ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރަން އެހީތެރިވުން، ވައިގެ ސަބަބުން ހުޅުތަކުގައި ރިއްސުމުން ސަލާމަތްވުން، ކެންސަރު ޖެހޭ ބައެއް މާއްދާތައް ހަށިގަނޑުން ނައްތައިލުން ހިމެނެއެވެ. އިން ޝާ ﷲ  

ބޭނުންކުރާނީ ހެނދުނު ސައިބުއިމުގެކުރިންނާ ރޭގަނޑު ކެއުމުގެ ކުރިން ތަށްޓެއްގެ ފެނެވެ.

މިއަދު އޮންލައިން