އަޅުގަނޑަކީ ވަރަށް ގިނައިރު މަސައްކަތްކުރަންޖެހޭ މީހަކީމެވެ. ދިރިއުޅެނީ ހުޅުމާލޭގައެވެ. ހަނދާންކުރަން ނަސައްކަތްކުރިނަމަވެސް ބައެއް ދުވަސްދުވަހު ރޯދަވީއްލާނެ އެއްޗެއް ގެންދަން ހަނދާން ނެތި މާލެއިން ދަތުރަށް ފެށެއެވެ. ދަތުރުމަތީގައި (ހުޅުމާލެއަށް ނުފޯރަނީސް، ހުޅުމާލެއަށް އެރޭތަނުން) އިރުއޮއްސެއެވެ.
އެޙާލަތުގައި ރޯދަވީއްލަން ޢަމަލުކުރާނީ ކިހިނަކުންތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
ރޯދަ ވީއްލުން އެންމެ ރަނގަޅީ ރޯކަދުރުންނެވެ. ރޯކަދުރު ނިލިބިއްޖެނަމަ ހިކިކަދުރުންނެވެ. ނުވަތަ ފެންފޮދަކުންނެވެ. އަތުގައި އެއިން އެއްވެސް އެއްޗެއް ނެތްނަމަ އަތުގައި ހުރި ކޮންމެ އެއްޗަކުން ނަމަވެސް ރޯދަވީއްލަންވާނެއެވެ.
ކަންދިމާވާގޮތަކުން ރޯދަވީއްލަންޖެހޭ ވަޤުތު ރޯދަވީއްލާނެ އެއްވެސް އެއްޗެއް އަތުގައި ނެތިވެސް ހިނގައިދާނެއެވެ. މިޘާލަކަށް އަތުގައި ކާނެ، ބޯނެ އެއްވެސް އެއްޗެތި މަގުމަތީގައި ހުއްޓައިވެސް ރޯދަވީއްލަން ޖެހިދާނެއެވެ. އެޙާލަތުގައި ރޯދަވީއްލައިފިންކަން އޭނާގެ ހިތަށް އަރުވާލުމުންވެސް ފުދޭނެއެވެ.
ރޯދަ ވިއްލަން އަވަސްވެގަންނަންޖެހޭ ސަބަބެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވާ ކަންކަމުގެ ތެރެއިން އެއްކަމަކީ އިރުއޮއްސުމުން އަވަހަށް ރޯދަވީއްލުމަކީ ﷲ ތަޢާލާ ދެއްވަވާފައިވާ ރަޙްމަތެކެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ރަޙްމަތް ލިބިގަތުމަށް އަވަސްވެގަތުމަށް ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގެންވެއެވެ.
ވީމާ ކުރަމުންދާ ކަމެއް ނިންމާފައި ރޯދަ ވީއްލަން މަޑުނުކުރާށެވެ! ރޯދަ ވީއްލުމުގެ ވަޤުތުޖެހުމުން ކުރަންޖެހޭ އެއަށްވުރެ މުހިންމު ކަމެއް ނެތެވެ. ގޭގައި ތިބޭ މީހުންވެސް ބަންގީގެ އަޑުއިވުމާއިއެކު އަވަހަށް ރޯދަވީއްލާށެވެ! ބަންގިއަށް ޢިޖާބަދޭށެވެ! ބަންގިދުޢާ ކިޔާށެވެ!
އެންމެ ރަނގަޅު ގޮތަކީ ބަންގީގެ އަޑު ނިމެންދެން ލުއި މަގަކުން ރޯދަވިޢްލައި ބަންގިދީ ނިމުމުން ދުޢާކިޔައި މަޣްރިބް ނަމާދުކުރުމެވެ. މަޣްރިބް ނަމާދުކުރުމަށްފަހު ޢިޝާނަމާދުކުރަން ބުރަ ނުވާނެ ވަރަށް، ހަށިގަނޑަށް ބުރަކަން ނުލިބޭނެވަރަށް ކާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/49716/can-a-doctor-delay-iftar