ސުންނަތުގަ އޮތީ އަނބިންނަށް ހިނިތުންވާން! އެކަނބަލުންނާ ބައްދަލުވީމާ ތިމާއަށް އުފާލިބޭކަން އަނބިންނަށް ހާމަކުރަންޖެހޭނެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސުންނަތުގަ އޮތީ އަނބިންނަށް ހިނިތުންވާން! އެކަނބަލުންނާ ބައްދަލުވީމާ ތިމާއަށް އުފާލިބޭކަން އަނބިންނަށް ހާމަކުރަންޖެހޭނެ!: ޑރ. ޢަލީ ޒާހިރު

ދިރިއުޅުމެއްގެ ތެރޭގައި އެއްފަހަރެއްގާ މީހަކު މިސުވާލުމިކުރަނީ، އަންހެނެއްގެ ސުވާލު، މީހަމަ ވިސްނަންޖެހޭ ކަމެއް. މުޖްތަމަޢުގާ ބައެއްފަހަރަށް ކަންކަން ހުރިގޮތް މިއީ. ޝައިޚްއޭ ތިމަންނަގެ ފިރިމީހާއަކީ ވަރަށް ރަގަޅު މީހެކޭ. ޤަވާޢިދުން ނަމާދުތަކަށް ރައްކާތެރިވާ ރީތި އަދަބު އަޚްލާޤުގެ ވެރިއެކޭ ވަރަށް ދީންވެރި ޞާލިޙް ރަގަޅު މީހެކޭ އެކަމަކު ދުވަހަކުވެސް ތިމަންނަގެ ކުރިމަތީގާ އޭނާ ހިނިތުންވެނުލައޭ. 

ކާންހަދާފަ ހުރީމަ ކާލައިގެން ދަނީއޭ، އިސްތިރި ކޮށްފާހުރީމާ ހެދުންލައިގެންދަނީއޭ އެހެންވީމާ މިދިރިއުޅުމުގަ މީހަމަ ދީނުގާ މިކަން އޮންނަގޮތްހޭ؟ މީ، ވަރަށް ދީންވެރިއޭ އެކަމަކު އެއީ ދީނުގާ އެކަން އޮތްގޮތްހޭ؟ ނަބިއްޔާ   ގެނަމޫނާއަށް އަޅުގަނޑުމެންބަލައިފި ކަމަށްވަނީނަމަ އަޅުގަނޑުމެނަށް ފެންނަނީ އެއީ ދީންވެރިކަމުގެ ގޮތުގައެއްނޫން. ނަބިއްޔާ ގެ ދީންވެރިކަމަކީ އަނބިންނާމެދުގާ ގޭތެރޭގައި ދިރިއުޅުމަކީ މުޅިން ތަފާތު ދިރިއުޅުމެއް. އެކަން އެންމެބޮޑަށް ތަޖުރިބާ ކުރެއްވި ބޭކަނބަލަކީ އުއްމުލްމުއްމިނީނަ ޢާއިޝާ ރަޟިޔަﷲ ތަޢާލާ ޢަންހާ. 

އެކަމަނާ ވިދާޅުވަނީ ނަބިއްޔާ ގެޔަށް ވެދެވަޑައިގަތުމުން އެކަލޭގެފާނަކީ ވަރަށް މަޑުމައިތިރި މާނައަކީ ވަރަށް އޯގާތެރި ވަރަށް ހެޔޮ ބޭކަލެއް އެކަލޭގެފާނަކީ. ހިނިތުންވެ އުޅުއްވާ ބޭފުޅެކޭ "كِانَ بَسَّامًا ضَحَّاكًا " އެކަލޭގެފާނަކީ  ހިނިވަރުނަ ކުރައްވާ ހިނިތުންވެ އުޅުއްވާ ބޭކަލެކޭ ދުވަހެއްގަވެސް އެކަލޭގެފާނު އަންހެނެއްގެ ގައިގާ ޚާދިމެއްގެ ގައިގާ ޖައްސަވާފައެއް ނުވޭ. އެހެންވީމާ ވަރަށް އޯގާތެރިކޮށް ވަރަށް މަޑުމައިތިރިކޮށް، ވަރަށް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއް އުފައްދަނީ އެކަލޭގެފާނު އެހެންވީމާ އެއީ ޙަޤީޤަތުގާ ނަބިއްޔާ ގެ ނަމޫނާ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން