ސިޙުރު ޢާންމުވެ ޙަރްމްފުޅުގެ ސަރަޙައްދުގައިވެސް ސިޙުރު އެބަހަދާ! މިއީ ދީނުން ބޭރުވާނެ ނުބައި ޢަމަލެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސިޙުރު ޢާންމުވެ ޙަރްމްފުޅުގެ ސަރަޙައްދުގައިވެސް ސިޙުރު އެބަހަދާ! މިއީ ދީނުން ބޭރުވާނެ ނުބައި ޢަމަލެއް!: މުފްތީ މެންކް

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ސިޙުރަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. ނަމަވެސް ޞިޙުރަކީ ޙަޤީޤަތެކެވެ. އެކަން ޤުރްޢާނުން ޔަޤިންކުރެވެން އެބައޮތެވެ.

އަހުރެން ޢުމްރާވުމަށް ޙަރްމަފުޅުގައި ޠަވާފްކުރަނިކޮށް ފެނުނު އަންހެނެކެވެ. އޭނާ ހުރީ ދިގު ހެދުންލައި ނިވާވެގެންނެވެ. އަހުރެންނަށް ފެނުނީ އޭނާގެ ހެދުމުގައި (ބުރުގާގައި) ގޮށްތަކެއް ޖަހާފައި ހުއްޓައެވެ. އެތަން އަހުރެންގެ ދަރިފުޅަށް ފެނިގެން އަހުރެންނަށް ދެއްކިއެވެ.

ޖެހިގެން އައިބުރުގައި ހަމަ އެއަންހެންމީހާ ފުނުމުން ހުއްޓުވީމެވެ. ބެލިއިރު 11 ގޮށްޖަހާފައި އެބަހުއްޓެވެ. އެކަންކުރަން އަހުރެންނަށް އެނގޭތީ ސުންނަތުގައިވާ ގޮތަށް ސޫރަތްތައް ކިޔަވައި ގޮށްތައް މޮހުނީމެވެ.

ޤަބޫލުކުރެވޭ ގޮތުން އެކަމެއް ކޮށްފައި އެވަނީ ޙަރަމްފުޅުގެ ސަރަޙައްދުގައި ކޮންމެވެސް ގޮތަކުން އެކަން ކުރަން ފުރުޞަތު ލިބުނު މީހެކެވެ. ބެލެވޭގޮތުން އޭނާއާއިއެކުގައިވާ ކޮންމެވެސް މީހެކެވެ. ސަބަބަކީ ދާހިއްލައިގެން ތާހިރުވެލަން ބާލައި ބޭއްވިނަމަވެސް އޭނާގެ ބުރުގާ ދުރުމީހަކަށް ލިބުމަކީ ދުރުކަމަކަށްވާތީއެވެ. އެކަންކުރި މީހަކަށް ނުއެނގުނު ނަމަވެސް ޙަރަމްފުޅު ގެ ކައިރީގައި ޞިހުރުގެ އަސަރެއް ނުފޯރާނެއެވެ.

ދެން ނިކަން ވިސްނައިލަބަލާށެވެ! ގޮސްގެން މިއުޅެނީ ޢިމުރާވުމަށެވެ. އެކުރި ކަމަކީ ޝިރުކުރުމެވެ. އެމީހަކު އެކަންކުރާއިއރު އެހުރެވެނީ ﷲ ތަޢާލާ އަށް އީމާންނުވާ އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް (ޙަދީޘްފުޅުތައް) ޤަބޫލުނުކުރާ މީހުންގެތެރެއިން ވެވިފައެވެ. ދެވަނަ މީހަކު ލައްވައި (ޞިހުރުހަދާ މީހަކު) މެދުވެރިކޮށް އެކަން ކުރުވިނަމަވެސްމެއެވެ. ސިޙުރު ހަދަމުން އަދި އެހެން މީހުން ލައްވައި ސިޙުރު ޙައްދުވަމުން ތިމާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ކަމަކަށް ނުބުނެވޭނެއެވެ.

ހިތާމައަކީ ޢުމްރާވުން ފަދަ މުހިންމު އަޅުކަމަކަށް މައްކާއަށްގޮސް ޙަރަމްފުޅުގެ ކަރީގައިވެސް މިފަދަ ކަންކަން ކުރާކަމެވެ.

މުފްތީ މެންކުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން