ފަސޭހަ ގޮތަކަށް ކޮންމެ ދުވަހަކު ކިޔަންޖެހޭ ސޫރަތްތައް ހިތުދަސްކުރިމީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފަސޭހަ ގޮތަކަށް ކޮންމެ ދުވަހަކު ކިޔަންޖެހޭ ސޫރަތްތައް ހިތުދަސްކުރިމީހެއްގެ ވާހަކަ-

އަޅުގަނޑުމެން ފާއިތުކުރަމުން މިގެންދަނީ ކީރިތި ޤުރްއާނުގެ މައްސަރުކަމުން އެމައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރިވަރަކަށް އެމީހަކަށް މަގުފަހިކޮށްދެއްވަވާނެތެވެ! ތިބާއަކީވެސް ބަހުގައި ދަތުރުނުކުރިނަމަވެސް ވަޤުތު ހޯދައިގެން ހަމަ އޭނާފަދައިން ޤުރްޢާން ދަސްކޮށް ޙާފިޡަކަށް ވެވިދާނެ މީހެއްކަމަށް ޝައްކުނުކުރާށެވެ! ކެރިގެން ކުރިމަތިލާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

"އެއި އަހަރެން ދީނީ ތަޢްލީމް ޙާޞިލުކުރަން މަސައްކަތްކުރަމުން ދިއަ ދުވަސްވަރެވެ. ބަހުގައި ދަތުރުކުރާއިރުވެސް ފޯނުން ފިލާވަޅުތަކާއިބެހޭ މައުލޫމާތު އަޑުއަހަމެވެ. އެގޮތަށް އެއްދުވަހު އިންދާ ފެނުނީ ކައިރީގައި އިންމީހާ ފޯނުން ޤުރްއާން "ސާޗް" ކުރާތަނެވެ. އިރުކޮޅަކުން އޭނާ އަޑުއަހަން ފެށިއެވެ. ބަސްދަތުރު ނިމެންދެންވެސް އޭނާ އިނީ ޤުރްއާން އަޑުއަހާށެވެ.

ބަހުން ފައިބައި އޭނާ އާއި ސުވާލުކޮށްލުމުން ބުނީ ކޮންމެ ބަސްދަތުރެއްގައިވެސް އޭނާ ޤުރްއާން އަޑުއަހާކަމަށެވެ. އަދި ހެނދުނާއި ހަވީރު، ރޭގަނޑު ކިޔަވަންޖެހޭ ސޫރަތްތަކާއި ޢާޔަތްތައް އޭނާ މިހާރު ހިތުދަސްކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް ގެންދަނީ އިތުރު ސޫރަތްތައް ހިތުދަސްކުރަން މަސައްކަތްކުރަމުން ކަމަށެވެ.

އޭނާގެ ވާހހަކަ އަޑުއިވުމުން އުފަލުން މަރުނުވީވެސް ކިރިޔާއެވެ. އެހައިވަރަށް އުފާވިއެވެ. އޭނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އޭނާއަށްޓަކާ ހެޔޮދުޢާކުރީމެވެ."

މިއީ އަހަރެންގެ ދަރިވަރަކު އަހަރެންގެ ގާތުގައި ބުނި ވާހަކައެކެވެ. މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ކީރިތި ޤުރްއާނުގެ މައްސަރެވެ. ވީހައި ގިނައިން ޤުރްއާން ކިޔަވާށެވެ. ވަގުތަކީ ހޯދީމައި ލިބޭއެއްޗެކެވެ. ބަހުގައި ދަތުރުކުރި މީހާފަދަ މީހަކަށްވާށެވެ. ތައުފީޤް ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން