މައިމީހާ ރުއްސަން އަނބިމީހާ ނިކަމެތިކުރުމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މައިމީހާ ރުއްސަން އަނބިމީހާ ނިކަމެތިކުރުމެއް ނެތް!: މުފްތީ މެންކް

މަންމައާ އަނބިމީހާ އާ ދެމީހުންކުރެ ބޮޑަށް ލޯބިވާންޖެހޭނީ ކާކުދެކެތޯ މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ސުވާލުގެ ޖަވާބުގައި އަބަދުވެސް މިބުނަނީ ދެމީހުން ދެކެވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭނެ ކަމަށެވެ. ލޯބިވުމުގައި އެތަނުން އެކަކަށްވެސް އުނިކޮށްގެން ނުވާނެ ކަމަށެވެ.

މިހެން ބުނުމުން ކުރާ ސުވާލަކީ ދެމީހުން ދެކެ އެއްވަރަށް ލޯބިވާނީ ކިހިނަކުން ހެއްޔެވެ؟ ޖަވާބަކީ މައިމީހާ ދެކެ ޥާންޖެހޭ ލޯތްބާއި އަނބިމީހާ ދެކެ ޥާންޖެހޭ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެއް ކަމެވެ. ދެމީހުން ދެކެ ވާންޖެހޭ ލޯބީގައިވެސް އެއްވެސް މިންވަރެއް އުނިކޮށްގެން ނުވާނެއެވެ.

ދެންކުރާ ސުވާލަކީ އަނބިމީހާ އާއި މަންމައާއި ދެމެދުގައި މައްސަލަ ޖެހިއްޖެނަމަ ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ޢަމަލުކުރަންޖެހޭނީ އިންޞާފަށް ކަމަށެވެ. އެއީ ﷲ ތަޢާލާގެ ޢަމުރުފުޅެކެވެ.

ލޮބުވެތި މައިންނޭވެ! އަނބިމީހާ އާއިއެކު ދަރިން އުފަލުގައި އުޅޭނަމަ އޮތީ އުފާކުރުމެވެ. ދަރިފުޅު އުފަލުގައި ދިރިއުޅޭތީއެވެ. ކައިވެނިކޮށް ޢާއިލާއެއް ލިބުމުން ކުރިން ދިންވަރަށް މައިންނަށް ވަޤުތު ނުދެވޭތީ ޙަސަދަވެރިނުވާށެވެ! މައިމީހާއަށްވެސް ހެޔޮކޮށް ހިތާނަމަ އުފަލުގައި އިންނާށެވެ!

ހަމަ އެގޮތަށް ފިރިމިހާ އޭނާގެ މަންމަ އާއި އަޅައިލާތީ، އެހީތެރިވާތީ ޝަކުވާނުކުރާށެވެ! އެއީ ކުރެވިގެންވާނެ އަދި ކުރުން ހުއްދަ ޝަކުވާއެއް ނޫނެވެ. ފިރިމީހާ އެއަދާކުރަނީ ﷲ ތަޢާލާ އޭނާއަށް އަދާކުރަން އަންގަވާފައިވާ ވާޖިބެކެވެ. އެކަމަށް ހުރަސް އަޅައިގެން ނުވާނެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން