ރަށުގައި ޤާއިމްވެ ތިބޭ ފިރިހެނުންނަށް ބަންގީގެ އަޑު އިވި، ޢުޒުރަކާނުލައި ޖަމާޢަތަށް ޙާޟިރުނުވެއްޖެނަމަ އޭނާއަކަށް ނަމާދެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރަށުގައި ޤާއިމްވެ ތިބޭ ފިރިހެނުންނަށް ބަންގީގެ އަޑު އިވި، ޢުޒުރަކާނުލައި ޖަމާޢަތަށް ޙާޟިރުނުވެއްޖެނަމަ އޭނާއަކަށް ނަމާދެއް ނުވޭ!

ރަށުގައި ޤާއިމްވެ ތިބޭ ފިރިހެނުންނަށް ބަންގީގެ އަޑު އިވިއްޖެކަމަށް ވަނީނަމަ މިސްކިތަށް ޖަމާޢަތަށް ނަމާދަށް ދާންޖެހޭނެ! 

رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ހަދީޘް ކުރައްވާފައިވަނީ " مَن سَمِعَ النِداء فَلَمْ يأَتِه فَلاَ صَلَاةَ لَهُ إلاّ مِنْ عُذْرِ" ބަންގީގެ އަޑު އިވި ޖަމާޢަތަށް ޙާޟިރުނުވެއްޖެ ކަމަށް ވަނީނަމަ ޢުޒުރަކާނުލައި ނައިސްފި ކަމުގައި ނުވާނަމަ އޭނާއަކަށް ނަމާދެއް ނުވެއެވެ. މާނައަކީ އެ ނަމާދުގެ ފުރިހަމަ ދަރުމަ އާއި ސަވާބު އެނާއަކަށް ނުލިބޭނެއޭ، 

ދެން އަނެއްކޮޅުން އެހެން ޙަދީޘް އެއްގައި އެބަވޭ ޖަމާޢަތުގައި ކުރާ ނަމާދު އެކަހެރިވެ ހުރެ ކުރާ ނަމަދަށްވުރެ ހަތާވީސް ގުނަ ހެޔޮކަން ބޮޑުވެގެންވާކަމަށް، އެހެންވީމާ ނަމާދު ކުރަންވާނީ މިސްކިތުގައި ޢުޒުރެއް ނެތްކަމަށް ވަނީނަމަ. އެހެންވީމާ ޖަމާޢަތަށް ދިއުން އޭގައި އޭނާއަށް ބޮޑަށް ފައިދާ ވާނެ ގޮތަކީ ހުރިހާ ގޮތަކުންވެސް. އެހެންވީމާ އެފައިދާ އެގޮތަށް ލިބެން އޮށްވާ ފައިދާ ދޫކޮށްލާފައި ބަލިކަށި ގޮތެއްގައި ހިފުމަކީ އެއީ އެއްވެސް ޙާލެއްގައި ކަންތައް ކޮށްގެން ވާނެ ގޮތެއްނޫން. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން