ކައިވެނިކުރަން މަސައްކަތްކުރުމަކީ އަޅުކަމެއް! ކުރިން ހިތި ތަޖުރިބާއެއް ކުރަންޖެހިފައިވާތީ ނަމަވެސް ކައިވެނި ނުކުރަން ނިންމުމަކީ ކުރެވޭ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކައިވެނިކުރަން މަސައްކަތްކުރުމަކީ އަޅުކަމެއް! ކުރިން ހިތި ތަޖުރިބާއެއް ކުރަންޖެހިފައިވާތީ ނަމަވެސް ކައިވެނި ނުކުރަން ނިންމުމަކީ ކުރެވޭ ފާފައެއް!

ކައިވެނިކުރަން މަސައްކަތްކުރުމުންވެސް ބައެއް މީހުންނަށް ކައިވެނިކުރެވޭނެ ގޮތް ނުވެ ޢުމުރުން ދުވަސްތަކެއް ފާއިތުވުމުން ބައެއް މީހުން ކައިވެނިނުކުރަން އެބަ ނިންމައެވެ. އަނެއް ބައަކު ކުރި ކައިވެނީގައި ކުރަންޖެހުނު ހިތި ތަޖުރިބާއެއްގެ ސަބަބުން އިތުރު ކައިވެންޏަށް ނުކުރަން އެބަ ނިންމައެވެ.

މިދެޙާލަތުގައިވެސް އެނިންމެނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އަދި ﷲ ތަޢާލާގެ އަމުރުފުޅާއި ދެކޮޅަށް ޢަމަލުކުރުމަށެވެ. މިއީ މުސްލިމުންނަށް ކުރުން ހުއްދަ ކަމެއް ނޫނެވެ.

ކައިވެނިކުރަން އުޅުމުން ކައިވެނިކުރެވޭނެ ގތޮތެއް ނުވެގެން ނަމަވެސް އަދި ކައިވެނިރޫޅުމުންވެސް ދެވަނަ ކައިވެންޏެއް ކުރަން މަސައްކަތްކުރުން ވާނީ ކުރެވޭ އަޅުކަމަކަށެވެ. ސަބަބަކީ އެމީހަކު މަސައްކަތް އެކުރަނީ ﷲ ތަޢާލާގެ ނިންމެވުމަކަށް ޤޢަމަލުކުރުމަށެވެ. ސުންނަތަށް ޢަމަލުކުރުމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ﷲ ތަޢާލާއަށްޓަކައި ރޭއަޅުކަންކުރަން މުޅިރޭ ހޭދަކުރަން ބޭނުންވެގެން ކައިވެނި ނުކުރަން ނިންމެވި ޞަޙާބީއަށް މިކަންކަން އަންގަވައި ދެއްވަވައިފައެވެ. އަޅުކަންކުރަން ބޭނުންވެގެންވެސް ކައިވެނިނުކޮށް ހުރުމަކީ ދީނުގައި އޮތްގޮތް ނޫންކަން ބަޔާންކުރައްވަވައި ދެއްވަވައިފައެވެ.  

އެހެންކަމަށްވާއިރު އަހުރެމެންނަށް ކުރިމަތިވާ ދުނިޔަވީ ސަބަބަކާއިހުރެ ކައިވެނިނުކުރަން ނިންމަން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަން ޖެހޭނީ ޤުރްއާނާއި ސުންނަތަށެވެ. އެއްވެސް ކަމެއްގައި އަމިއްލައަށް (ޤުރްއާނާއި ސުންނަތާއި ޚިލާފަށް) ގޮތް ނިންމުމަކީ ކުރެވޭ ފާފައަކަސް ނޫނީ ނުވާނެއެވެ!  

"އަހުރެންނަށް ޤަބޫލުކުރެވޭގޮތް" ކަމަށް ބުނެ ކަންކަމުގައި ގޮތް ނިންމޭނީ ޤުރްޢާނާއި ސުންނަތުން ފެންނަން ނެތް ކަމުގައެވެ. ޤުރްޢާނާއި ސުންނަތުން ފެންނަން ހުރި ކަންކމުގައި އެއާއި ޚިލާފަށް އަހުރެންނަށް ފެންނަ ނުވަތަ ޤަބޫލުކުރެވޭ ގޮތް ކަމަށްބުނެ ގޮތެއް ނުނިންމޭނެއެވެ. އެހެނީ ޤުރްއާނާއި ސުންނަތުގައި އެވަނީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ނިންމެވުން ކަމުގައިވާތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން