އެންމެ އެދޭކަމަކީ ޢުމުރު ދިގުކޮށްލުން ނޫން ހެއްޔެވެ؟ މަގު މިއޮތީ ޙަދީޘުން ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އެންމެ އެދޭކަމަކީ ޢުމުރު ދިގުކޮށްލުން ނޫން ހެއްޔެވެ؟ މަގު މިއޮތީ ޙަދީޘުން ފެންނަން!

ޢުމުރު ދިގުކޮށްލަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ނުވަތަ ޢުމުރު ދިގުކޮށްދެއްވެވުމަށް ނުއެދޭނީ ކާކުހެއްޔެވެ؟ 

سلمان رضي الله عنه ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ.  "لاَيَرُدُّ الْقَضَاءَ  إِلاَّ الدُّعَاءُ، وَلاَ يَزِيْدُ فِيْ الْعُمُرِ إلاَّ الْبِرُّ " (رواه الترمذى: 2129،  والحاكم) 

މާނައީ: "ދުޢާކުރުން މެނުވީ މިންވަރުފުޅުގައި ވާކަންތައް (އެބަހީ:  އެމީހެއްގެ ނަޒަރުގައި މިންވަރުފުޅުގައިވާ ގޮތް) ބަދަލުކުރާ ކަމެއް ނުވެއެވެ. އަދި (އިޙްސާންތެރިކަމާއި ކިޔަމަންތެރި ކަމާއެކު) ހެޔޮކަންތައް ކުރުން ނޫނީ ޢުމުރު ދިގު ނުކުރާ ހުއްޓެވެ."

އާނއެކެވެ! ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ތަޤްދީރުގައި އެކަމެއް މެދުވެރިވާން އޮތް ގޮތަކަށެވެ. ނަމަވެސް އެކަން އެގޮތަށް ޤަބޫލުކޮށް އަތް އުރާލައިގެން ހުރުމެއް ނެތެވެ. ދުޢާކުރަންވީއެވެ. ލިޔުއްވިގެންވާ ގޮތް ބަދަލުކޮށްދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

ޢުމުރު ދިގުކުރަން އެދޭމީހާ (އިޙްސާންތެރިކަމާއި ކިޔަމަންތެރި ކަމާއެކު) ހެޔޮކަންތައް ކުރާށެވެ! ދުޢާވެސް ކުރާށެވެ! 

ކިޔަމަންތެރިވުމަކީ ދުޢާކުރާ ވަޤުތު މަޑުމޮޅިވެ ކިޔަމަންތެރިވުމެއް ނޫނެވެ. އަބަދުވެސް ހިތްތިރިކޮށް، އިޚްލާޞްތެރިކަން އިސްކޮށް، އިހްޞާންތެރިވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ހިތްދަތިކަމެއް ކުރިމަތިވެގެންނަމަވެސް އަދި އަތްމަތި ދަތިކަމެއް ކުރިމަތިވެގެންނަމަވެސް ނިކަމެތި ޙާލެއްގައި އުޅެންޖެހުނީއެވެ. އެޙާލަތުގައި މިއީ ތިމއަށްޓަކައި ލިޔުއްވިގެންވާ ގޮތް ކަމަށް ބަލައި މަޑުން ހުރުމެއް ނެތެވެ. މިބުނި މަގުން ޢަމަލުތައް ބަހައްޓައިގެންހުރެ ދުޢާކުރަންވީއެވެ. ޙާލަތު ބަދަލުކުރައްވަވައިދެއްވެވުން އޮންނާނީ ދާދި ގާތުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޙަދީޘް އާއި މާނަ ބަޔާންކޮށްދެއްވީ: ޝައިޚް އިބްރާހީމް ފަރީދު އަހްމަދު

 

މިއަދު އޮންލައިން