ގާތް މީހުންނަށާއި ދަރިންނަށް ޢީދު ހެދުންދޭއިރުވެސް އަދި ތިމާއަށް ޢީދުހެދުން ހޯދާއިރުވެސް ވިސްނާލުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގާތް މީހުންނަށާއި ދަރިންނަށް ޢީދު ހެދުންދޭއިރުވެސް އަދި ތިމާއަށް ޢީދުހެދުން ހޯދާއިރުވެސް ވިސްނާލުން މުހިންމު ބައެއް ކަންކަން-

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދެބައިވަނީއެވެ. މިހާރުވެސް ގިނަ ބައަކު ވިސްނާނީ އެމީހުންގެ ދަރިންނަށާއި ގާތް ތިމާގެ މީހުންނަށް ޢީދު ހެދުން ދިނުމަށެވެ. އަދި ތިމާމެންލާނެ ހެދުން ހޯދުމަށެވެ. ގިނަ ބައަކު މިހާރުވެސް ވާނީ ހެދުން ގަނެފައެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ކީއްތޯއެވެ؟ 

1- ކުޑަކުދިންނަށް ހެދުން ދިނުމުގައި ބަލަންވީ އެކުދިންގެ މިއަދުގެ ތުއްތު ކަމަށް އެކަންޏެއް ނޫނެވެ. މިއަދުގެ ތުއްތު ކުއްޖާ ބޮޑުވެ މާދަން އަމަލުކުރާނެ ގޮތަކަށެވެ. 

2- ހަމަޔަޤީނުންވެސް މައިން ބަފައިން ކުއްޖާ ތަރުބިއްޔަތުކުރާ ގޮތަކީ އެ ކުއްޖާގެ މުސްތަޤްބަލުގެ ތަޅުދަނޑިއެވެ. 

3- އަޅުގަނޑުމެނެ ވަރަށް ބުރަ މަސައްކަތުން ރޯދަ ހިފައިފީމުއެވެ. އަދި ކިރިޔާ ރޯދަ ހިފޭވަރުގެ ކުދި ދަރިން ލައްވައިވެސް ރޯދަ ހިއްޕުވައިފީމުއެވެ. ވީމާ ޢީދު ދުވަހުލާ އަދި ކުދިން ލައްވާ ހެދުމަކީ އަޅުގަނޑުމެން ހިފި ރޯދަ އާއި ދަރިންލައްވައި ހިއްޕުވި ރޯދައިގެ ޠޯހިރުކަން ގެއްލިގެންދާފަދަ ހެދުމަށް ނުހަދާށެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގައިވެސް، އެންމެ ފުރިހަމަ އަދި އެންމެ ރިވެތި ގޮތް ބަޔާންވެގެންވަނީ އިސްލާމް ދީނުގައެވެ. 

4- ދަރިންނަކީ ޙަޔާތުގެ އެންމެ ބޮޑު އުފަލެކެވެ. ހިތްތަކުގެ މޭވާއެވެ. ހަމައެއާއިއެކި ވަރަށް ބޮޑު ޒިންމާއެކެވެ. އެހައިމެ ބޮޑު ނިޢްމަތެއްވެސް މެއެވެ. ވީމާ ކޮންމެ ކަމެއްގައި ވެސް އިސްލާމް ދީނުގައި އޮތް އެންމެ ރިވެތި ގޮތް ދަރިންނަށް ދަސްކޮށްދީ އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. 

މިއަދު އޮންލައިން