ހިތްވަރުކޮށްފިނަމަ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅަކަށްވުމުގެ ފުރުޞަތު ކޮންމެ ޢުމުރެއްގައިވެސް ހޯދިދާނެ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ހިތްވަރުކޮށްފިނަމަ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅަކަށްވުމުގެ ފުރުޞަތު ކޮންމެ ޢުމުރެއްގައިވެސް ހޯދިދާނެ 5 ކަމެއް!

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. 

"سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ اللهعز وجل، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ" { مُتَّفَقٌ عَلَيهِ} 

މާނައީ: [ޤިޔާމަތްދުވަހުގައި އަރަހުށި މާތް ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބައިމީހުންނަކީ، ޢަދުލުވެރި ވެރިޔާއާއި މާތް އަށް އަޅުކަމުގެމަތީ ބޮޑުވި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއާއި، މާތް އަށްޓަކައި ލޯބިވެ އެކަމުގެމަތީ ޖަމާވެ އެކަމުގެމަތީ ވަކިވެދާ ދެމީހުންނާއި، ރީތިކަމާއި ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު (ނުބައިކަމަކަށް) ގޮވާލާހިނދު، ތިމަން އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި، އެކަނިހުރެ މާތް ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.] 

މިޙަދީޘްފުޅުގައިވާ ކަންކަމުގެ ތެރެއިން ޢަދުލުވެރި ވެރިއަކަށްވުމާއި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހަކަށްވުމާއި މާތް އަށްޓަކައި ލޯބިވެ އެކަމުގެމަތީ ޖަމާވެ އެކަމުގެމަތީ ވަކިވެދާ ދެމީހުންނަށްވުމާއި، ރީތިކަމާއި ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު (ނުބައިކަމަކަށް) ގޮވާލާހިނދު، ތިމަން އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހަކަށްވުމާއި އެކަނިހުރެ މާތް ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހަކަށްވުމަކީ ކޮންމެ ޢުމުރެއްގައިވެސް ޙާޞިލްކުރެވިދާނެ ކަންކަމެވެ. 

ވީމާ ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމަކީ ޢަރުޝީގެ ހިޔާވަހިކަން ނުލިބޭނެ ސަބަބެއްކަމަށް ބަލައި މާޔޫސްވުމެއް ނެތެވެ. އޮތީ މިޙަދީޘްފުޅުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވަވާފައި ކަންކަން ޙާޞިލްކުރަން މަސައްކަތްކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން