ނަމާދުނުކޮށް ރޯދަ ހިފާ މީހުންނަށް ފަހުން ޤަޟާކުރަންޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނަމާދުނުކޮށް ރޯދަ ހިފާ މީހުންނަށް ފަހުން ޤަޟާކުރަންޖެހޭނެތޯ؟

އަޅުގަނޑުމެންގެ ތެރޭގައި އެންމެ ނަމާދެއް ނުކޮށްތިބެވެސް ރޯދަހިފާ މީހުން އެބައުޅެއެވެ. ކުޅިވަރާ މަޖަލުގައި މުޅި ރޭގަނޑު ހޭދަކޮށްލާފައި ދުވާލުގެ ބޮޑުބައެއްގައި ނިދުމަށްފަހު ހޭލެވުމުން ރެދުވެ ތިމާ މިހުރީ ރޯދައަށް ކަމަށް ޤަބޫލުކޮށް ރޯދަ ގެއްލޭ ކަންކަން ނުކޮށް ތިބޭ މީހުންވެސް އެބައުޅެއެވެ

އެފަދަ ބައެއް މީހުންނަށް ހޭލެވެނީ ޢަޞްރުވަޤުތުވެސް ޖެހި މާފަހުންނެވެ. ފެންވަރާލައިގެންދަނީ ފިނިބުރުޖަހާށެވެ! އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން ތިބެނީ ރޯދައަށެވެ. ނަމަވެސް ރޯދަ ހިފުމަކީ އެގޮތަށް ކުރެވެން އޮތް ކަމެއް ނޫންކަން ޔަޤީންކޮށްލައްވަން ތިރީގައިވާ 2 ސުވާލާއި ސުވާލުގެ ޖަވާބު ވިދާޅުވެލައްވާށެވެ!  

ސުވާލު:. ނަމާދު ނުކޮށް ހިފާ ރޯދަ ޞައްޙަވާނެތޯ؟ 

ޖަވާބު:. ނަމާދުނުކޮށް ކުރާ އެއްވެސް ހެޔޮ ޢަމަލެއް ﷲ ގަބޫލެއް ނުކުރަށްވާނެ، ނަމާދު ނުކުރާކަމަށްވަނީނަމަ އޭނާއަކީ މުސްލިމަކަށް ނުވާނެ! މުސްލިމަކަށްނުވާކަމަށްވަނީނަމަ އޭނާ ކުރާ އެއްވެސް ހެޔޮ ޢަމަލެއް ގަބޫލެއް ނުކުރައްވާނެ.  

ސުވާލު:. ނަމާދު ނުކޮށް ރޯދަހިފި އެކަމަކު އޭގެ ފަހުން އެމީހާއަށް މިއެނގުނީ އަސްލު ނަމާދު ނުކޮށް ހިފާ ރޯދަ ޞައްޙަނުވާނެކަން. އެހެންކަމަށް ވަންޏާމުން އެރޯދަ އަލުން ހިފަން ޖެހޭނެތޯ؟ 

ޖަވާބު:. ނޫން! ނުޖެހޭނެ! ސަބަބަކީ އޭނަ ނަމާދު ނުކުރުމުގެ ސަބަބުން އޭނާ މުސްލިމުންގެ ތެރެއަކަށް ނުވެއް ވަންނާނެ. މުސްލިމުން ނޫން މީހުނަކަށް ރޯދަ ވާޖިބެއް ނުވާނެ، އެހެންވީމާ ނަމާދު ނުކުރި ދުވަސްވަރުގައި އޭނާގެމައްޗަކަށް ރޯދަ ވާޖިބެއް ނުވާނެ، ދެން އޭނައަށް ހެޔޮވިސްނުނީމައި ޝަހާދަތް ކިޔައި އިސްލާމްވެގެން އަލުން އޭނާ އާފެށުމަކުން ފަށައިގަންނާނީ.  

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން