ރަމަޟާން މަހު ހިފަހައްތަންޖެހޭ މުހިންމު ބައެއް އަދަބުތައް-

ކިޔުމަށް ހޭދަވާނީ 5މ 48ސ
ރަމަޟާން މަހު ހިފަހައްތަންޖެހޭ މުހިންމު ބައެއް އަދަބުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެކެވެ. އެގޮތުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ރަމަޟާން މަހުގެ ބައެއް އަދަބުތަކެވެ. 

· އިރު އޮއްސުމުން ރޯދަވީއްލުން އަވަސްކުރުން: 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

لا يَزَالُ النَّاسُ بخَيْرٍ ما عَجَّلُوا الفِطْرَ.

މާނައީ: "މީސްތަކުން ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު އެބައިމީހުން ހެޔޮކަން ފިލައިނުދާ ހުއްޓެވެ." 

· ކަދުރުން ނުވަތަ ފެނުން ރޯދަވީއްލުން: 

އަނަސްގެފާނު ވިދާޅުވިއެވެ.

كان رسولُ اللهِ صلى الله عليه وسلم يُفطِر قبْل أن يصلي على رُطَبات، فإن لم تكنْ رُطَباتٌ فَتُمَيْراتٌ، فإن لم تكنْ تُمَيْراتٌ، حَسَا حَسَواتٍ مِن ماء.

މާނައީ: "ނަބިއްޔާ ޞައްލަ ﷲ އަލައިހި ވަސައްލަމް ނަމާދު ކުރެއްވުމުގެ ކުރީން ރޯ ކަދުރުން ފަރީއްކުޅުއްވައެވެ. ރޯ ކަދުރު ނެތިއްޔާ، ހިކި ކަދުރު ކޮޅަކުންނެވެ. ހިކި ކަދުރު ނެތިއްޔާ ފެން ފޮދެއް ހިއްޕަވައެވެ."

ރޯދަވީއްލާ ގަޑީގައި ދުޢާކުރުން: ރޯދަވީއްލާ ގަޑިއަކީ ދުޢާ އިޖާބަ ކުރައްވާ ގަޑިއެެކެވެ. އެހެންކަމުން އެގަޑީގައި ދުޢާކުރަން އަވަސްވެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.  

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

إن للصائم عند فطره دعوة لا ترد

މާނައީ: ހަމަކަށަވަރުން ރޯދަވެރިޔާއަށްޓަކައި އޭނަ ރޯދަވީއްލާއިރު ކުރާ ދުޢާ ރައްދު ނުކުރެވޭ ހުއްޓެވެ. 

އެގޮތުން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާ ދުޢާއެއް މިލިޔުމުގައި ހިމަނާލާނަމެވެ.

ذهب الظمأُ وابتلَّت العروقُ وثبت الأجرُ إن شاء اللهُ

މާނައީ: "ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތް ﷲ ގެ އިރާދަފުޅުން އަޖުރު ކަށަވަރުވެއްޖެއެވެ." 

· ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުން:

ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރެވެ. އެހެންކަމުން މިމައްސަރުގައި ކީރިތި ޤުރްއާން ގިނައިން ކިޔަވާނަމަ ޘަވާބު ލިބޭނެއެވެ. ޞަހާބީ ބޭކަލުންވެސް ރަމަޟާމް މަަހު ކީރިތި ޤުރްއާން ކިޔެވުމަށް ވަގުތު ހުސްކުރައްވައެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ރަަމަޟާން މަހު ކީރިތި ޤުރްއާން ބާވައިލެއްވި ވާހަކަ ބަޔާން ކޮށްދެއްވާފައިވެއެވެ. 

شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾‏

މާނައީ:  "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ. (185)"

 

މިއަދު އޮންލައިން