މިއީ ރަމަޟާން މަހުގައި ކޮންމެ މީހަކުވެސް ވިސްނާލުން އެންމެ މުހިންމު އެއް ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މިއީ ރަމަޟާން މަހުގައި ކޮންމެ މީހަކުވެސް ވިސްނާލުން އެންމެ މުހިންމު އެއް ކަންތައް-

އަބަދުވެސް އެންމެ ދީލަތިވަންތަ ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑިގެންވަނީ ބަރަކާތްތެރި ރަމަޟާން މަހުގައެވެ. އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތްކުރައްވަވަނީވެސް އަދި އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވަނީވެސް ރަމަޟާން މަހުގައެވެ.

ރަމަމާން މަހަކީ ރޭއަޅުކަމަށް ޚާއްބަވެގެންވާ މައްސަރެވެ. އެހެންކަމާއިއެކުވެސް ރޭއަޅުކަންކޮށް ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ތިމާއަށް ލިބެން އޮތް މިންވަރު ހޯދަން މަސައްކަތްކުރަން ފަސްޖެހި، ކަންނެތްވެފައި ތިބިމީހުން ތިރީގައިވާ ލިޔުމަށް ވިސްނައިލުން ކީއްހެއްޔެވެ؟

ރޭގަނޑު ދަންވަރު 2:00 އިން ފެށިގެން ނަމަވެސް މީހަކު އެއްޗެއް ބަހާނަމަ ނިދި ނަގާލާފައިވެސް އެ އެއްޗެއް ލިބިގަންނަން ދާނެއެވެ. ތިއައީ މާދަނަވުރުގެ ވަގުތަކަށްވާތީ ނުދެވޭނެ ކަމަކަށް ނުބުނާނެއެވެ. އަދި ލިބިގަތުމަށްޓަކައި ކިޔޫގެ އެންމެ ކުރިއަށްވެސް އަރަން މަސައްކަތްކުރާނެއެވެ.

 

ނަމަވެސް ތަޢާލާ ރޭ ގަނޑުގެ 3 ބައިން ފަހު ބައިގައި ބިމުގެ އުޑަށް ތަޖައްލީވެ ވޮޑިގަތުމަށްފަހު "ތިމަން ﷲގެ ޙަޟްރަތުން ކަންކަމު އެދެނީ ކޮން ބައަކުތޯ؟ އެދެނީ ކޮން ކަމަކުތޯ؟ މީސްތަކުންނާއި މުޚާޠަބްކުރައްވަވައި އަދި އެކަންކަން ފުއްދަވައި ދެއްވުމަށްޓައި ފަތިސްވުމާއި ހަމައަށް ތިމަން ﷲ ބިމުގެ އުޑުގައި ދެމިވޮޑިގެންވާކަން" ކޮންމެ ރެއަކު ބަޔާން ކުރައްވަވަމުން ގެންދަވާއިރު ﷲ ތަޢާލާގެ ވަޙީގެ އަޑުފުޅު އަހަރެމެންނަށް އިވޭ ކަމަކަށް ނުވެއެވެ.

މިހައި ދަށު ދަރަޖައަށް މީސްތަކުން މިވަނީ ވެށްޓިފައެވެ. އެހެން ވިއަ ނުދޭށެވެ!

--ޝައިޚް ޢަޒްމަތު ޖަމީލް

ރަމަޟާން މަހު މަދުބައަކު ނަމަވެސް ހިތްވަރުކޮށްލާފައި ރޭއަޅުކަންކުރިއެވެ. ދަމުނަމާދުވެސް ކުރިއެވެ. ބުނަން އޮތީ ދެންވެސް ހޭލާށެވެ. ދަމު ނަމާދުކުރާށެވެ. އަނބިން ދަރިން ފިރިން ލައްވައިވެސް ކުރުވާށެވެ. ނުހޭލާ ނަމަ ލޮލަށް ފެން ބުރުއްސައިގެންވެސް ހޭލައްވުވާށެވެ! ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ

މިއަދު އޮންލައިން